ދުނިޔެ

އަލިފާނާ ނުކުޅޭތި، އަނދާ ހުލިވެދާނެ: ޗައިނާ

އެމެރިކާއިން އެ ކުޅެނީ އަލިފާނާ ކަަމަށް ޗައިނާ ބުނެފި އެވެ. ޗައިނާ ބުނާ ގޮތުން އަލިފާނުގެ ޒާތަށް ނުބަލައި ކުޅެން ހަދައިގެން ހަނދާ ދަރުދެއްޔަށް ވެދާނެ ކަމަށެވެ.

ޗައިނާއިން އެމެރިކާއަށް އަލިފާނާ ހަމަކޮށް ބަހުގެ ހަމަލާތަކެއް ދީފައި މިވަނީ ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުން ރަނގަޅު ނޫން ކަމަށް ޗައިނާއިން ތަކުރާރުކޮށް ބުނި ނަމަވެސް އެމެރިކާއަށް އަޑުއިވޭ ކަމަށް ނުހެދުމުންނެވެ.

ޗައިނާ ބުނާ ގޮތުން ޓައިވާނަކީ ޗަައިނާގެ އަމިއްލަ މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ބިމެކެ އެވެ. އެއީ މިނިވަން ދައުލަތެއް ނޫނެވެ. އެހެންކަމުން މިނިވަން ދައުލަތަކާއެކު ބާއްވާ ކަހަލަ ގުޅުމެއް ޓައިވާނާއެކު އެއްވެސް ގައުމަކަށް ނުބޭއްވޭނެ އެވެ.

އެމެރިކާއިން މަސައްކަތް ކުރަނީ ޓައިވާނަށް އަސްކަރީ ގޮތުން އެހިތެރިވެ ދީގެން ޗައިނާއާ ކުރިމަތިލެވޭ ފެންވަރުގެ ގައުމަކަށް ހެދުމަށެވެ. އަދި ޗައިނާއިން ޓައިވާން ހިފަން މަސައްކަތްކޮށްފި ނަމަ ބާރުގެ ބޭނުން ކޮށްގެން އެކަމެއް ފޭލި ކޮށްލުމަށެވެ.

ޗައިނާއިން ދައްކާ ވާހަކަ އަޑުނާހައި އެމެރިކާ ގެންދަނީ ޓައިވާންގައި އަސްކަރީ ގާބިލުކަށް އިތުރުކޮށް ދެމުންނެވެ. ޚަބަރުތައް ބުނާ ގޮތުން ޓައިވާންގައި އެމެރިކާ ސިފައިން ތިބޭތާ އެތައް އަހަރެއް ވަނީ ވެފަ އެވެ.

އެމެރިކާގެ ރައީސް މިދާކަށް ދުވަހު ވިދާލުވި ގޮތުގައި ޓައިވާންގެ މިނިވަން ކަމަށްޓަކައި އެމެރިކާއިން ހަތިޔާރު ވެސް ބޭނުން ކުރާނެ އެވެ. އަދި ޗައިނާގެ ކިބައިން ހިމާޔަތްކޮށް ދިނުމުގައި ދެމި އޮންނާނެ އެވެ.