ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދިރިއުޅުއްވާ މ. މާފަންނުވިލާ ބަލައި ފާސް ކުރުމަށް ކޯޓުން އަމުރު ނެރުނު ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނެއްގައިވަނީ ގާސިމް ދިރިއުޅުއްވާ މާފަންނުވިލާ ކޯޓު އަމުރެއްގެ ދަށުން ފާސްކުރަން ފުލުހުން އުޅޭ ކަމަށް ބުނެ ދެކެވެމުންދަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.
ފުލުހުން އެގޮތަށް ބަޔާން ނެރުނުއިރު މާފަންނުވިލާ ފާސްކުރަން އަމުރު ނެރުނު ކަމަށް ބުނެ މީޑިއާތަކުގައި އާންމު ކުރުމުން ބަޔަކު ވަނީ މާފަންނުވިލާ ކައިރިއަށް އެއްވެފަ އެވެ.
ރޭ ދަންވަރު ފުލުހުން ވަނީ ޑިފެންސް މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ވެސް ފާސްކޮށްފަ އެވެ.