ގައުމީ ބަތޮލު، ބޮޑުތަކުރުފާނަށް ނިސްބަތްވާ ހައިބަތު ބޮޑު، މިސްކިތް އިސްލާމީ މަރުކަޒު ރަނގަޅަށް ބަލަހައްޓަމުން ނުދާ ކަމުގެ ޝަކުވާތައް އަނެއްކާވެސް ބޮޑުވެއްޖެ އެވެ.
އިސްލާމީ މަރުކަޒަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަރަށް ފަރުވާތެރި ކަމާއެކު ބަލަހައްޓަމުން އައި ރާއްޖޭގެ މުހިއްމު ރަމްޒީ ބިނާއެކެވެ. ނަމަވެސް މި ފަހުން މަރުކަޒު ބެލެހެއްޓުން ކުޑަ ކަމުގެ ޝަކުވާ ބޮޑެވެ.
ވަރަށް ގިނަ ބަޔަކު ގެންދަނީ މަރުކަޒުގެ ބައެއް ތަންތަން ހަލާކުވެފައިވާ މަންޒަރު ފެންނަ ފޮޓޯތައް އާންމުތައް އާންމުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް މިހުރާބުގޭގައިވާ ގުރުއާންގެ އާޔަތްތައް ލިޔެފައިވާ ބޯޑް ހަލާކުވަމުންދާތީ އެކަން ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ އެންމެ ހައިބަތު ބޮޑު މިސްކިތް އެ ގޮތަށް ފެނުމުން ކަންބޮޑުވާ ކަމަށެވެ.
މަރުކަޒު ނުބަލަހައްޓާ ކަމަށް ބުނާތީ އިސްލާމިކް މިނިސްޓްރީން ކުރީންވެސް ވަނީ ރައްދު ދީފައެވެ. އެ ފަހަރު އެ މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަން އާއި ހަވާލުކޮށްގެން މިދިޔަ އަހަރުން ފެށިގެން ކުރެވެމުންދާ ކަމަށެވެ.
"އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތް ކުރަމުންދާއިރު، ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފައި،" މިނިސްޓްރީން ބުންޏެވެ.
އިސްލާމީ މަރުކަޒަކީ މަރުކަޒަކީ މީގެ 37 އަހަރު ކުރީން އިސްމީ ވަރަށް ގިނަ ގައުމުތަކުގެ އެހީއާއެކު 1984 ގައި "މަސްޖިދުލް ސުލްތޯން މުހައްމަދު ތަކުރުފާނު އަލް އައުޒަމް" ގެ ނަމުގައި ރައީސް މައުމޫން ބިނާ ކުރެއްވި މިސްކިތެއް އަދި އިސްލާމީ މަރުކަޒެކެވެ. ރާއްޖޭގެ އިސްލާމީ ދަންމަރާއި ޝަހުސިއްޔަތު އެންމެ ބޮޑަށް ފާޅުކޮށްދޭ އެ ބިނާއަކީ އެއީ އެއްފަހަރާ، 5،000 މީހުންގެ ޖާގައިގެ މިސްކިތާއި ކޮންފަރެންސް ހޯލެއްގެ އިތުރުން ލައިބްރަރީ އާއި ކްލާސް ރޫމްތައް ހިމެނޭ ގޮތަށް ބިނާކޮށްފައިވާ ފުރިހަމަ ބިނާއެކެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ އިދާރާއަކީ ވެސް އިސްލާމީ މަރުކަޒެވެ.
އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވުމަށް ފަހު މަރުކަޒު މަރާމަތު ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް އާންމު ފަރާތަކާ ހަވާލު ކޮށް މަރުކަޒުގެ ބައި ބައި ބަންދުކޮށްގެން ކުރިޔަށް ގެންގޮސްފައި ވެއެވެ.