މިސްކިތް

މިސްކިތަަށް ބޮޑުކަމު ދިޔަ މީހާ ދޫކޮށްލައިފި

ސ. ފޭދޫ މިސްކިތަކަށް އަރާ ބޮޑުކަމު ދިޔަ މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އައްޑޫ ސިޓީގެ ފޭދޫގެ މިިސްކިތަަކަށް ބޮޑުކަމު ދިޔަ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކުރީ 47 އަހަރުގެ މީހެކެވެ. އޭނާ ވަނީ ހަމަ އެ ދުވަހު ދޫކޮށްލައިފަ އެވެ.

ފުުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މީހާ ދުކޮށްލީ އޭނާގެ ނަފްސާނީ ހާލަތު ގޯސް ކަމުން ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ޑޮކްޓަރު ލަފާދިނުމުގެ ސަބަބުން ކަމަށެެެވެ. އަދި އެ މީހާ ސްޕެޝަލިސްޓަކަށް ދައްކަން ވެސް މިހާރު ލަފާ ދީފައިވާ ކަމަށެވެ.

ބޮޑުކަމު ދިޔަ މީހާ ރަނގަޅަށް ބަލަހައްޓަން އޭނާގެ އާއިލާގައި ފުލުހުން އެދިފައިވާ ކަަމަށް ވެސް މީީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މިސްކިތްތަކުގެ ހުރުމަތް ކެނޑުން އާންމުވެފައިވާ އިރު މާލޭގެ މިސްކިތަކަށް މީހަކު ތަކުރާރުކޮށް ކުޑަކަމުދިއުމުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލައިގައި އޭނާ މިހާރު ވަނީ ދޮޅުމަހަށް ޖަލަށް ވެސް ލާފައެވެ