މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް 21 މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭގެ މިސްކިތްތަކުން ވައްކަންކޮށްގެންް މި އަހަރުގެ މިހާތަނަށް 21 މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފުލުހުން މިމައުލޫމާތު ހާމަކޮށްފައި މިވަނީ މާލޭގެ މިސްކިތްތަކުން ތަކެތި ވަގަށް ނެގުން ވަރަށް ބޮށަށް އާންމުވެފައި ވަނިކޮށެވެ.

މާލޭގެ އީދު މިސްކިތުން މިމަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުންވެސް ރޭ ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ މިސްކިތްތަކުން ވައްކަންކޮށްގެން އެ އިދާރާއަށް ހުށަަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ހަ ފަންކާ، ދެ ފޯނު އަދި ފެންމޯޓަރު ހޯދައި ހަވާލުކޮށްފައިވާ ކަމަށެވެ

މާލެ ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަން ނުކުރުމަށާއި މިސްކިތްތަކުގެ ތަކެއްޗަށް ގެއްލުންދީ ނެހެދުމަށްވެސް އިލްތިމާސްކޮށްފަ އެވެ.

މާލޭގެ މިސްކިތްތަކުގައި ހުންނަ ފަންކާއާއި، ސައުންޑް ސިސްޓަމާއި، ފެން މޯޓަރު ފަދަ ތަކެތި ވަގަށް ނެގުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނައިރުވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަށް ހައްލެއް ނުލިބެ އެވެ.