ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 88،000 މީހުން ފަސޭހަވެއްޖެ

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 88،039 މީހަކު އެ ބަލީން ފަސޭހަ ވެއްޖެ އެވެ.

މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 90،340 މީހުންނެވެ. އޭގެ ތެރެއިން ބަލިން ފަސޭހަނުވެ ތިބީ 2،040 މީހެކެވެ. މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 12 މީހަކަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ނުރައްކާތެރި ހަތަރު ރާޅެއްގެ ތަޖުރިބާ ދިވެހިން ކޮށްފައިވެއެވެ. އޭޕްރީލް ފަހުކޮޅުން ފެށިގެން ޖޫންގެ ކުރީ ހަފްތާއާ ހަމައަށް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ބަލި ޖެހުނު މީހުންގެ 60 އިންސައްތަ އަކީ އެ މުއްދަތުގަައި ބަލި ޖެހުނު މީހުންނެވެ. އަދި މިހާތަނަށް ކޮވިޑްގައި މަރުވި 247 މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރުވީވެސް އެ މުއްދަތުގައެވެ.

މެއި މަހު އެކަނިވެސް 88 މީހަކު މަރުވިއެވެ. 35،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. މެއި މަހުގެ އެންމެ ދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހަކު ކޮވިޑްގައި މީހުން މަރުވިއެވެ. ސައުވީސް ގަޑިއިރުތެރޭ 13 މީހަކު މަރުވި ދުވަހެއްވެސް ދިޔައެވެ.