ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ވެކްސިން ނުޖަހާ ސިފައިންނަށް ޕްރޮމޯޝަން ނުދޭނެ: ޕެންޓަގަން

ދުނިޔެއަށް ފެތުރިގަތް ކޮވިޑްގެ ހާލަތު ބެލެހެއްޓޭވަރު ވެފައި ވާއިރު މިހާރު ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ވެކްސިން ނުޖަހަން ގަދަދައްކާ މީހުންގެ ސަބަބުން ދިމާވެދާނެ ނުރައްކަލެވެ.

އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުގައި ވެސް ވެކްސިން ނުޖަހާ މީހުން މިލިއަނުން ގުނާލެވެ އެވެ. އަނެއްކޮޅުން އެމެރިކާގެ އަސްކަރިއްޔާގެ ބެލެނިވެރިޔާ، ޕެންޓަގަންއިން ބުނާ ގޮތުން އެމެރިކާ ސިފައިންގެ ގޮފިތަކުގައި ވެސް ވެކްސިން ނުޖަހާ އެތައް ބައިވަރެވެ.

ޕެންޓަގަންއިން ކުރިން ބުނީ ވެކްސިން ނުޖަހާ ނަމަ ގައުމީ ޚިދުމަތުގައި އެމީހަކަށް ދެމިނުހުރެވޭނެ ކަމަށެވެ. އެކަމަކު މިހާރު ބުނަނީ ވެކްސިން ނުޖަހާ މީހުންނަށް އޮތް ގޮތަކީ އެއްވެސް ޕްރޮމޯޝަނެއް ނުލިބޭ ގޮތަށް ޚިދުމަތުގައި ދެމިހުރުން ކަމަށާއި އެގޮތް ކަމުނުދާ ނަމަ ވަޒީފާއިން ވަކިވުން ކަމަށެވެ.

ޕެންޓަގަންއިން ބުނާ ގޮތުން ވެކްސިން ނުޖަހާ އޮފިސަރުންނަށް އެއްވެސް ބޯނަހެއް ވެސް ނުލިބޭނެ އެވެ. އޮފިސަރުންގެ ތެރޭގައި ކިޔަވަން ކޯސްތައް ހަދާ މީހުންނަށް ޓިއުޝަން ފީ އާއި ޕޮކެޓް މަނީ ފަދަ އެއްވެސް އެހީތެރިކަމެއް ނުދެވޭނެ އެވެ.

އޮފިސަރުންގެ މައްޗަށް މިއަރުމު ހިނގާނީ ވެކްސިން ފުރިހަމަކުރަންދެން ކަމަށް ޕެންޓަގަނުން ބުނެ އެވެ. ވެކްސިން ފުރިހަމކުރުމުން ހިފައްޓާފައި ހުރި ބޯނަހާއި ޕްރޮމޯޝަން ވެސް ދެވޭނެ ކަމަށް އެއިދާރާއިން ބުނެ އެވެ.

ކޮވިޑް ވެކްސިން ނުޖަހާ މީހުންނަށް ބައެއް ގައުމުތަކުގައި ދޭ އަދަބުތަކުގެ ތެރޭގައި ރަށުން ބޭރުނުވެވޭ ގޮތަށް ޚާއްސަ ލޮކްޑައުންނެއް ހިމެނެ އެވެ. އެމީހުންނަށް މަނާވެފައި ހުރި ކަންތައް ތަކުގެ ތެރޭގައި އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދެވުމާއި ޝޮޕިން މޯލްތަކާށް އަދި ކޮފީ ޝޮޕްތަކަށް ވެސް ނުވަދެވުން ހިމެނެ އެވެ.

ވެކްސިން ނުޖަހާ މީހުންނަށް ދެވޭ އެންމެ ބޮޑު ލުޔަކީ ގެއިން ވަޒީފާއަށް އަދި އެބުރި ގެއަށް ދިއުމެވެ.