ހުޅުމާލެ

ލިވިން އެކްސްޕޯގައި ސަންޑަލް މޮރިޝަސްގެ ލަގްޒަރީ ފްލެޓުގެ މައުލޫމާތު ދެނީ

Nov 20, 2021
1

ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ލިވިން އެކްސްޕޯ" ފެއާ އަކީ ގެދޮރުގެ ހުރިހާ ހިދުމަތެއްގެ ސޮލިއުޝަން ލިބޭނެ އިވެންޓެވެ. މި ފެއާގައި ގިނަ ކުންފުނި ތަކުން ބައިވެރިވެފައިވާއިރު މީގެ އެއް އެއް ކުންފުންޏަކީ ސަންޑަލް މޮރިޝަސް ކުންފުންޏެވެ.

އެ ކުންފުނިން ދަނީ ހުޅުމާލޭގައި ތަރައްގީ ކުރަން ނިންމާފައިވާ ފްލެޓުގެ މައުލޫމާތު ދެމުންނެވެ. މަތީ ފަންތީގެ ސޮލިޓައާ ގެ މަޝްރޫއުގެ ފުރިހަމަ މައުލޫމާތު މި ފެއާ ތެރެއިން ލިބޭނެ އެވެ.

މިރޭގެ ނިޔަލަށް ކުރިއަށްދާ ލިވިން އެކްސްޕޯޓުގެ މެއިން ސްޕޮންސާ ސަންޑަލް މޮރިޝަސް ކުންފުނީގެ މި ފްލެޓުގެ މައުލޫމާތު ހުޅުމާލޭގައި ކުރިއަށްދާ މި ފެއާ އިން ލިބޭނެ އެވެ.

ތިން ކޮޓަރި އިތުރު ކޮޓަރިއެއް (މެއިޑްރޫމް) ހިމެނޭ މި ހިތްގައިމު ފްލެޓުތަކުގައި 12،00 އަކަފޫޓާއި 2،300 އަކަފޫޓުގެ އެޕާޓްމަންޓްތައް ހުރެ އެވެ. މި ފްލެޓް މި މަޝްރޫއު ރަސްމީކޮށް ލޯންޗް ކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.

މި ކުންފުންޏަކީ 2002 ވަނަ އަހަރުން ފެށިގެން މިފަދަ މަޝްރޫއުތައް ހިންގަމުން ގެންދާ އެތަށް ބައެއްގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.

މޮރިޝަސްގައި ރަޖިސްޓްރީކޮށްފައިވާ އިންޑިއާގެ، ސަންޑަލް މޮރިޝަސް އިން ވަނީ މި މަޝްރޫއުގެ އިތުރުން "ވަން ސެންޓްރަލް" ގެ ނަމުގައި މެދުފަންތި އާއި މަތީ ފަންތީގެ ކެޓަގަރީ އަށް ހާއްސަ ފްލެޓެއްގެ މަސައްކަތް ވެސް ފަށާފަ އެވެ. މި މަސައްކަތް ކުރަނި އާރްސީއެންސީ އިންނެވެ.