ހަބަރު

ނަސޯރާ ދީން ފަތުރާ މައްސަލައެއް ބަލަނީ

ސޯޝަލް މީޑިއާ މެދުވެރިކޮށް ނަސޯރާ ދީން ފަތުރާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި ނަސޯރާ ދީނާ ގުޅޭ ފޮޓޯއާއި މައުލޫމާތުތައް ހިމަނައިގެން ދިވެހި ބަހުން މައުލޫމާތު ފަތުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެކަން ހުއްޓުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ޕޯސްޓްގައި، ނަސޯރާ ދީނުގެ ކުރެހުންތަކަކާއި އެ ދީނާ ބެހޭ ވެބްސައިޓެއްގެ ލިންކް ހިމަނާފައި ވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް، އެހެން ދީންތައް ފަތުރަމުންދާ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.