ދިރާގު

އަންހެން ކުދިންގެ ކޯޑް ޕްރޮގްރާމް ނިންމާލައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށް ގެންދާ ސިލްސިޔާ ކޯޑިން ޕްރޮގްރާމްގެ ތެރެއިން ކުޅުދުއްފުށީގައި ބޭއްވި ޕްރޮގްރާމް ނިންމާލައިފި އެވެ. މި ޕްރޮގްރާމް ހިންގާފައިވަނީ ސެޕްޓެމްބަރު އެކަކުން މި މަހުގެ 16 އަށެވެ.

މި ޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އާ 18 ކުއްޖަކު ބައިވެރިވެ ޕްރޮގްރާމް ނިންމި އެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރު ކުރަން 2018 ވަނަ އަހަރުން ފެށިގެން ހިންގާ ސީރީޒް ޕްރޮގްރާމެކެވެ.