ދިރާގު

ކުޅުދުއްފުށި ނޮލެޖް ސެންޓަރަށް ދިރާގުން ތަކެތި ހަދިޔާކޮށްފި

0%
0%
0%

ހދ. ކުޅުދުއްފުށީގައި ހުންނަ ނޮލެޖް ސެންޓަރަށް ދިރާގުން ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ވީޑިއޯ ކޮންފަރެންސް ޑިވައިސް އާއި،ކޮމްޕިޓަރު ސިސްޓަމާއި ފޮތްތަކެކެވެ.

ދިރާގުން ބުނީ އެ ތަކެތި ހަދިޔާކުރީ ޓެކްނޮލޮޖީގެ ވަސީލަތްތަކާ އެކު ޑިޖިޓަލް ލިޓްރަސީ އިތުރުކޮށް އަދި ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން ކަމަށެވެ.

ދިރާގު މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ހަދިޔާ ކުރި ތަކެތީގެ އެހީގައި ޓެކްނޮލޮޖީއަށް އަހުލުވެރި ފޮތް ކިއުމަށް ލޯބިކުރާ މުޖުތަމައެއް ބިނާކުރެވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ދިރާގުން ވަނީ ނޮލެޖް ސެންޓަރުގެ ގޯތި ތެރޭގައި 100 ގަސް ވެސް އިންދާފަ އެވެ. އެ މަސައްކަތް ކުރީ އެ ތަނަކީ ތިމާވެށްޓާއި ރަށްޓެހި ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން އެ ސިޓީގައި ހަދާފައިވާ ނޮލެޖް ސެންޓަރުގައި ޕަބްލިކް ލައިބްރަރީއަކާއި ވެލްނަސް ސެންޓަރެއް ހުރެ އެވެ.

ދިރާގަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމުގައި އެންމެ ބޮޑަށް އެހީތެރިވާ އެއް ކުންފުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345