ހަބަރު

ޕެޓްރޯލާއި ޑީސަލް ލީޓަރެއްގެ އަގު 01ރ. އަށް މާދަމާއިން ފެށިގެން ދަށްކުރަނީ

Jan 18, 2015

މާދަމާއިން ފެށިގެން ޕެޓްރޯލާއި ޑީސަލް ލީޓަރެއްގެ އަގު 10ރ. އަށް ދަށްކުރަން އެސްޓީއޯއިން ނިންމައިފި އެވެ. 

މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެސްޓީއޯއިން ތެލުގެ އަގު ކުޑަކުރި ފަސް ވަނަ ފަހަރެވެ. އެ ބަދަލާ އެކު ޕެޓްރޯލް ލީޓަރަކުން އެ ކުޑަވީ 2.37 ލާރި އެވެ. އަދި ޑީސަލް ލީޓަރަކުން އެ ކުޑަވީ، 2.33ރ. އެވެ. 

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ތެލުގެ އަގު ކުޑަކުރަން ނިންމީ ރައީސް ޔާމީންއާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ދުނިޔޭގައި ތެލުގެ އަގު ދަށްވަމުން އަންނާތީ ރާއްޖޭގައި ވެސް ތެލުގެ އަގަށް އެ ބަދަލު އަންނަން ޖެހޭ ކަމަށް ރައީސް ދެކެވަޑައިގަތް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.