ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފާސްކުރަން އަމުރު ހޯދި ފުލުހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓް ފުލުހުން ރޭ ފާސްކޮށް، ބައެއް ލިޔުންތައް ވަނީ ގެންގޮސްފަ އެވެ.
އެތަން ފާސްކުރުމުގެ އަމުރު ހޯދަން ކޯޓުގައި އެދުނު ފުލުހުން ކޯޓަށް ހާޒިރުކުރަނީ އެ މައްސަލައާ ގުޅޭ ބައެއް ސުވާލުތައް ކުރުމަށް ކަމަށް ވެ އެވެ. އެކަމަށް ޖަވާބުދާރީވުމަށް އެ ފުލުހުންތައް މިހާރު ތިބީ ކްރިމިނަލް ކޯޓުގައި ކަމަށް ވަނީ އެނގިފަ އެވެ.
ނާޒިމްގެ މައްޗަށް ތުހުމަތު ކުރަނީ ކޮން ކަމެއް ކަމެއް ފުލުހުން ނުބުނި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ނުރައްކާތެރި ހަތިޔާރާ ގުޅުންހުރި މައްސަލައެއް ކަމަށް ވަނީ އަޑުފެތުރިފަ އެވެ.