ގާމިން ދުވާ ގަޑިތައް އެހާވެސް ގިނައީ އެވެ. ނަންބަރެއްގެ ކުރިއަށް އެ އޮންނަ ފޯރަނާ ފިޔަވައި އިތުރު ތަފާތެއް، ގަޑި ބޭނުން ކުރަން ފެށުމުގެ ކުރިން ދެނެގަންނަން ވެސް އުނދަގުލެވެ. ވަރަށް އާދައިގެ ގަޑިއެއް ކަމަށް ހީކޮށް އަޅާނުލެވޭ ގަޑިތައް ވެސް ސެޓިން ހަދައި ނިމޭ ހިސާބުން އެ ގަޑިއަކަށް ލޯބިޖެހި ދެން އިތުރު ގަޑިއަކަށް ބޭނުން ނުވާހާވެ އެވެ.
ގާމިން އަކީ ސްޕޯޓްސް ސްމާޓް ގަޑި އުފައްދަން ކުޅަދާން ކުންފުންޏެވެ. އޭގެ ތެރެއިން ވެސް އެންމެ މޮޅު ފީޗާތައް އަމާޒު ކޮށްފައި ހުންނަނީ ދުވުންތެރިންނަށެވެ.
ގާމިންގެ ކޮންމެ ގަޑިއެއްގައި ވެސް އަސާސީ ބޭނުންތައް ދާދި އެއްގޮތެެވެ. އެހެން ނަމަވެސް ފޯރަނާ ސީރީޒް މި ގިންތީގައި ވެސް ކުރިހޯދަ އެވެ.
ގާމިންގެ ގަޑިތަކުގެ ތެރެއިން ގިނަ ބަޔަކަށް ކަމުދާ ކަމަށް ލިސްޓް ކޮށްފައި ހުރި ގަޑިތަކުގެ ތެރޭގައި ފޯރަނާ 745 ހިމެނެ އެވެ. ފޯރަނާ 945 އާޢި 245 އަދި 55 އަކީ ވެސް، މި ގަޑި މާމޮޅޭ އަދި ތިއަށް ވުރެ މިމޮޅޭ ބުނެ ވާހަކަ ދެކެވޭ ގަޑިތަކެކެވެ.
ދުވުންތެރިއަކަށް ގާމިން ގަޑިއެއް ބޭނުން ނަމަ ނުވަތަ ތަފާތު އެހެން ކުޅިވަރެއް ކުޅޭ މީހަކު ގާމިން ގަޑިއެއް ބޭނުންވެގެން ހޯދަ ނަމަ އަގަށް ބަލާނެ ކަމެއް ނެގެވެ. މިބުނީ ކިތަންމެ އަގު ބޮޑު ނަމަވެސް ގަންނާށެކޭ ނޫނެެވެ. ގާމިންގެ ކޮންމެ ގަޑިއެއްގައި ވެސް ހާދައިގެ ހާލަތްތަކުގައި ބޭނުންރުވޭ ފީޗާތައް ހުރެ އެވެ. އެހެންކަމުން ގާމިން ގަޑިއެއް ނަމަ އަގުހެޔޮވުމަކުން މައްސަލައެއް ނޯންނާނެ އެވެ.
ތިމަންނަ ބޭނުންވަނީ ގާމިންގެ މިވެނި ގަޑިއެއް ކަމަށް ނިންމައިފި ނަމަ ގާމިންގެ 745 ގެ ފީޗާތައް އަދި ބަލާލަން ބުނަމެވެ. ތިޔަ އިޚްތިޔާރު ވަކި ގަޑިއަކާ ހުރި ތަފާތުތައް ރަނގަޅަށް ބަލާށެވެ. ހިތްހަމަޖެހޭ ގަޑިއެއް އެކަށީގެންވާ އަގުގައި ލިބިއްޖެ ނަމަ ކޮފީއެއް ބޯލަން ވެސް ބާކީކުރެވޭނެ އެވެ.
އަގުބޮޑު ގަޑިއެއް ގަންނައިރު ފަހަރެއްގައި ހަމަ އެފީޗާތައް އެއަށް ވުރެ އަގުހެޔޮ ގަޑިއެއްގައި ވެސް ހުރެދާނެ އެވެ.