މިނިސްޓްރީ އޮފް ހޯމް އެފެއާޒް

ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފި

ރާއްޖެގައި އަޅާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ތެރެއިން --- ފޮޓޯ: ހޯމް މިނިސްޓްރީ
0%
0%
0%

ކުށުގެ ވެށީގައިވާ ކުޑަކުދިން އިސްލާހުކޮށް އަބުރާ މުޖުތަމައަށް ނެރުމަށް ރާއްޖޭގައި އަޅާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

ސެންޓަރު އަޅަނީ ދ. ކުޑަހުވަދޫގަ އެވެ. މިއަދު އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަމްރާން އަބްދުالله އެވެ.

އެސެންޓަރަކީ ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށްގެން, އިސްލާހުކޮށް މުޖުމަތައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން އިމާރާތް ކުރާ ސެންޓަރެކެވެ. އަދި ކޯޓް އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމާއެކު އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ އިންތިޒާމްވެސް ސެންޓަރުން ހަމަޖައްސާނެ އެވެ.

އެފަދަ ކުދިންނަކީ ކުށުގެ ރެކޯޑަށް ބަލައި މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރެވޭ ގިންތީގެ ކުދިން ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އެ މަރުކަޒުގައި ކުދިން ތިބޭނީ އެކުދިން ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްތައް ފުރިހަމަކޮށް ނިމެންދެން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެ ސެންޓަރު އަޅަނީ ދެބުރި އިމާރާތެއްގެ ގޮތުގަ އެވެ. ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 21 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރ 27 ގައެވެ.

މި ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވާ ބިން އެކުންފުންޏާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345