އިމްރާން އަބްދުﷲ

ޓްރީޓްމަންޓް ސެންޓަރަކީ ބޮޑު މައްސަލައިގެ ހައްލު

ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ މިނިސްޓަރު އިމްރާން ވާހަކަފުޅު ދައްކަވަނީ: މިނިސްޓަރު ވިދާޅުވީ އެ ސެންޓަރަކީ އިޖްތިމާއި ބޮޑު މައްސަލައެއް ހައްލު ކުރުމަށް އެޅޭ ބިންގަލެއް ކަމަށް
0%
0%
0%

ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ހައްލުނުވެ އޮތް ބޮޑު އިޖުތިމާއީ މައްސަލައެއް ހައްލުކުރުމުގެ ބިންގާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

ދ. ކުޑަހުވަދޫގައި މިއަދު ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އެބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް އެޅިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑެތި އިޖުތިމާއީ އެތައް ކަމެއް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަލާއިރު ތަރައްގީވެ ކުރިއަށް ދިއުމުގެ ގިނަ ވިސްނުންތައް އެބަހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިގްތިސާދީ ތަނަވަސްކަމާއި, މާލީ ފުދުންތެރިކަމާއި، ތިޔާގިކަން އޮތުން އެއީ ހިތްހަމަޖެހުމާއި އުފާ ލިބުމުގެ އެންމެ މުހިއްމު ސަބަބުތައް ކަމަށެވެ.

"މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި, ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިގްތިސާދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައިހުރި ކަންކަން. އެހެންކަމުން އަޅުގަނޑުމެންގެ ގައުމުގައިވެސް ކުރިއަރާ އުފާވެރި މުޖުތަމައުއެއް ލިބެން ބޭނުންކަމުގައިވާނަމަ އެ މަގުން ހިނގުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

މައްސަލަތަކުގެ ހާލަތު ދެނެގަނެ ހައްލު ހޯދުމުގެ މަސައްކަތްތައް މި ސަރުކާރުން ފަށާފައިވާ ކަމުގައިވެސް އިމްރާން ވިދާޅުވި އެވެ. އަދި މިއަދު އެޅި ސެންޓަރުގެ ބިންގަލަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުރެެވޭ މަސައްކަތްތަކުގެ މުހިއްމު އެއް މަސައްކަތުގެ ބިންގާ ކަމަށެވެ. އެމަސައްކަތް ފުރިހަމަވެ ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާއެކު ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345