ރަޝިއާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެނަތޮލީ އެންތޮނޯފް ވިދާޅުވާ ގޮތުން ރަޝިއާއިން އިސްވެ އެއްވެސް ބަޔަކަށް ހަމަލާއެއް ނުދޭނެ އެވެ. އޭނާ ވިދާޅުވީ ރަޝިއާއިން ޔުކްރޭނަށް ހަމަލާދޭނެ ކަމަށް ބުނެ ދައްކަނީ ބަޔަކު ހިތްހަމަޖައްސަން ދައްކާ ވާހަކައެއް ކަމަށެވެ.
އެމެރިކާއިން ބުނާ ގޮތުން ރަޝިއާއިން ގެންދަނީ އަސްކަރީ ފައުޖުތައް ޔުކްރޭން ބޯޑަރަށް ޖަމާ ކުރަމުންނެވެ. ވޮޝިންޓަނުން ބުނީ ރަޝިއާގެ އެ އަމަލަކީ ހަނގުރާމައަކަށް މަގުފަހި ކުރަން ކުރާ ކަމެއް ކަމަށެވެ.
ރަޝިއާއިން ބުނީ އެމެރިކާ ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށާއި ރަޝިއާއިން ޔުކްރޭނަށް ހަމަލާދީފާނެ ކަމަށް ބުނެ އެމެރިކާއިން ކުރަން އުޅޭ ކަމަކީ ޔުކްރޭންގެ ވެރިންގެ ބޮލަށް ސަވާރުވުން ކަމަށެވެ.
ސަފީރު ވިދާޅުވި ގޮތުން އެމެރިކާ ދައްކާ ވާހަކަތައް ޔުކްރޭނުން ގަބޫލު ކޮށްފި ނަމަ އުޒުރަކަށްވީ އެވެ. އޭނާ ވިދާޅުވީ އެ ހިސާބުން އެޖެހުނީ އެމެރިކާ ސިފައިން ޔުކްރޭން ސަރަހައްދުގައި ތިބެން ޖާގަ ދޭށެވެ.
އޭނާ ވިދާޅުވީ ޔުކްރޭންގެ ބުޑަށް އެމެރިކާގެ ފައުޖުތަކުން ޖަމާވާއިރު، އެ ޖަމާވަނީ ރަޝިޔާ ދޮށަށް ކަމަށެވެ. އެއީ މިނިވަން ގައުމަކުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެހިސާބުން އެ ފެށުނީ އެހެން މައްސަލައެއް ކަމަށާއި ޔުކްރޭނާ ހެދި ރަޝިއާއަށް އެހެން ބަޔަކާ ހަނގުރާމަ ކުރަން ޖެހުނީ ކަމަށެވެ.
ސަފީރު ވިދާޅުވި ގޮތުގައި ރަޝިއާއިން ތަކުރާރުކޮށް އެމެރިކާގެ ކިބައިން މަސްލަހަތަށް އެދިފައި ވާނެ އެވެ. ކަޅު ކަނޑުގައި ހަރަކާތްތެރި ވުމުގައި ރަޝިއާއަށް ފާރަ ނުލުމަށް ބުނެފައި ވާނެ އެވެ. އަދި ގުރީކަށް އެމެރިކާގެ ޖެޓްތައް ޖަމާ ކުރުމަކީ ރަޝިއާ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އަންގާފައި ވާނެ އެވެ.
އޭނާ ވިދާޅުވީ އެމެރިކާއާއެކު ދެބަސް ވުމަކަށް ނުދިއުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާއިރު ވެސް އެމެރިކާގެ ކިބައިން އެދެވޭ މަންޒަރެއް ނުފެނެ އެވެ.