ދިރާގު

ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް މަނަދޫ އަށް

Nov 28, 2021

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ހިދުމަތް ފެށުމާ ގުޅިގެން މަނަދޫގެ ރައްޔިތުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ޕޯޓްފޯލިއޯގައި ހިމަނާފައިވައި ތަފާތު އަގުތަކުގެ ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ލިބިގެންދާނެ އެވެ. އަދި ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ލިބޭނެ އެވެ.

ދިރާގުގެ އެސިސްޓެންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގު ހައިސްޕީޑް އިންޓަނެޓް ރައްޖޭގައި މީހުން ދިރިއުޅޭ އެކި ހިސާބުތަކަށް ފޯރުކޮށްދީ މުޖުތަމައުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދިއުމަކީ ވަރަށް އުފާކުރައްވާ ކަމެކެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ތާންގައިވެސް މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑިޖިޓަލް ކޮމިއިނުޓީތައް ބިނާކޮށް، ބާރުވެރި ކުރަމަށެވެ." ޖައިޝާން ވިދާޅުވި އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް އެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީތަކުގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 66 ރަށް ހިމެނެ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދީ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.