ދިރާގު

މަނަދޫއަށް ދިރާގު ޓީވީގެ ހިދުމަތް ދީފި

Nov 29, 2021

ނ.މަނަދޫ ގައި ދިރާގު ޓީވީގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ނ.މަނަދޫގައި ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. މަނަގޫދައި ދިރާގު ޓީވީ ތައާރަފްކޮށްފައިވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ވަގުތެއްގައެވެ. މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރިއަކަށް ހޮވާލެވޭ އެއް ކަސްޓަމަރަކަށް އެންމެ ފަހުގެ ސެމްސަންގް ސްމާޓްފޯން ޒީ ފޯލްޑް ތިނެއް ލިބިގެންދާނެއެވެ.

އަދި ސްޓާޓާ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ކަސްޓަމަރަކަށް ޕެކޭޖްގެ ހަ މަސް ދުވަހުގެ މަހު ފީ މުޅިން ހިލޭ ލިބޭނެއެވެ. މި މުއްދަތުގައި ދިރާގު ޓީވީގެ ހިދުމަތައް އެދުމުން މުޅިން ހިލޭ ގުޅައި ދިނުމުގެ އިތުރުން ޑީކޯޑަރު ވެސް މުޅިން ހިލޭ ލިބޭނެއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ.