ހަބަރު

ނާޒިމަކީ އިތުބާރު ކުރެވޭ ބަތަލެއް: އުމަރު

Jan 18, 2015
1

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަކީ އެންމެން އިތުބާރު ކުރާ ބަތަލެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

ރޭ ދަންވަރު މިނިސްޓަރު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓަށް ފުލުހުން ވަދެ އެތަނުން ބައެއް ލިޔުންތައް ގެންގޮސްފައި ވަނިކޮށް އުމަރު މިރޭ ކުރެއްވި ޓްވީޓެއްގައި ނާޒިމް ޓެގް ކުރައްވައި، ވިދާޅުވެފައިވަނީ އޭނާއަކީ އެންމެން ވެސް އިތުބާރު ކުރާ ބަތަލެއް ކަމަށެވެ.

ފުލުހުން ނާޒިމްގެ އެޕާޓްމެންޓަށް ވަދެ، އެތަން ފާސްކުރި މައްސަލައިގައި ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނެވި ވަޒީރު އުމަރު ގުޅިގެން އުމަރު އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮން މައްސަލައެއް ކަމެއް އެއްވެސް ފަރާތަކުން ރަސްމީކޮށް މިހާތަނަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް ނާޒިމްގެ އެޕާޓްމެންޓް ފާސްކުރުމުގެ އަމުރު ހޯދަން ކޯޓުގައި އެދުނު ފުލުހުން ކޯޓަށް ހާޒިރުކޮށް، މިއަދު ވަނީ ސުވާލުކޮށްފަ އެވެ.