އެމްޑަބްލިއުއެސްސީ

ފެން ބިލްގެ މައުލޫމާތުދޭން ހިޔާގައި ހެލްޕް ޑެސްކެއް

Nov 30, 2021

ހިޔާ ފްލެޓްތަކުގެ ފެން ބިލާ ގުޅޭ ގޮތުން ކަސްޓަމަރުންނަށް މައުލޫމާތު ދިނުމަށްޓަކައި ހިޔާ ފްލެޓް ޓަވާ 13 ގައި އެމްޑަބްލިޔުއެސްސީ އިން މިއަދު ހެލްޕް ޑެސްކެއް ބަހައްޓައިފި އެވެ.

މި ހެލްޕް ޑެސްކް މެދުވެރިކޮށް ކަސްޓަމަރުން ފެން ބިލާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ސާފު ކުރުމާއި ފްލެޓް ތަކުގެ ފެން މީޓަރު ރަޖިސްޓްރީ ކުރުމާއި އަދި އެމްޑަބަލިޔުއެސްސީގެ ލީނިޔަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެން ފައިސާ ދެއްކޭ ސްކީމަށްވެސް އެދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހެލްތް ޑެސްކްއިން ހިދުމަތް ލިބޭނީ މިއަދުން ފެށިގެން ޑިސެންބަރު ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މެންދުރު 1:00 އިން ހަވީރު 5:00 އަށެވެ. މި ހެލްޕް ޑެސްކް ގާއިމްކުރުމުގެ މަގުސަދަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންންނަށް ލުއިފަސޭހަ ކަމާއެކު ފެން މީޓަރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިނުމެވެ. އަދި އެ މީހުންނަށް ވީހާވެސް ގާތުން ފެން ބިލާ ގުޅޭ މުހިންމު މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ.

ހިޔާ ފްލެޓްގެ ވެރިފަރާތުގެ އައިޑީ ކާޑާއި ފްލެޓް އެގްރިމަންޓްގެ ސަފްހާ 29 ގެނައުމުން ފެން މީޓަރު ރަޖިސްޓްރީ ކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.