ހިޔާ މަޝްރޫއު

ހިޔާ ބައެއް ފްލެޓްތަކުން ދަބަރު ފެން

Dec 7, 2021
1

ހިޔާ ފްލެޓްތަކުގެ ބައެއް ޓަވަރުތަކުގައި ހަރުކޮށްފައިވާ އިސްކުރު ތަކުން ދަބަރު ފެން އަންނާތީ އެ ފެނުގެ ރައްކާތެރިކަމާ މެދު އެތަނުގައި އުޅޭ މީހުން ސުވާލު އުފައްދަން ފަށައިފި އެވެ.

ދަނބަރު ފެން އަންނަ ފްލެޓްތައް ހުރީ އެޗް 14 ޓަވަރުގަ އެވެ. އެ ޓަވަރުގައި އުޅޭ ބައެއް މީހުން ވަނީ ދަނބަރު ފެން އަންނަ ވީޑިއޯ ތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

ވީޑިއޯ ތަކުން ފެންނަ ގޮތުގައި ދަބަރު ފެން އަންނަނީ ފަހާނާގައި ހަރުކޮށްފައި ހުރި މޫނު ދޮންނަ ތަށީގެ އިސްކުރުންނާއި، ސިންކުގައި ހަރުކޮށްފައި ހުރި އިސްކުރުންނެވެ.

ހިޔާ ފްލެޓްތަކުގައި އުޅޭ މީހުން ތަމްސީލް ކުރާ ހިޔާ ޔޫނިއަންގެ ވައިބާ ގުރޫޕްގައި އެތައް ބަޔަކު ވަނީ އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހިޔާ ޔޫނިއަނުން ވަނީ ސިންކުން އަންނަ ފެނަކީ ކެއްކުމަށް ބައެއް މީހުން ބޭނުންކުރާ ފެން ކަމަށްވާތީ އެ ފެނުގެ ތަހުލީލްތަކެއް ހެދުމަށް އެމްޑަބްލިއުއެސްސީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ގޮވާލައިފަ އެވެ.

ފެން ކުންފުނިން ބުނީ ހިޔާ ފްލެޓްތަކުގެ ފެނުގެ މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން އެ ކުންފުނީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުން ދަބަރު ފެންނަ އަންނަ ނަމަ އެކަން ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ފެނުގައި މައްސަލައެއް އުޅޭނަމަ އެކަން ރިޕޯޓް ކުރުމަށް އެބްޑަބްލިއުއެސްސީން ވަނީ ހިޔާ ޓަވަރު 13ގެ ތިރީގައި ޑެސްކެއް ބަހައްޓާފަ އެވެ.