ވާހަކަ

ނިވެމުންދާ ބައްތި

(މިދިޔަ އަންގާރަ ދުވަހުގެ ބަޔާގުޅޭ)

ނަވާލް: "ހޭވައްލާ ތައްޔާރު! ސައުން ތިޔަ ދިރި އުޅުމާއި ދުރަށް ދާންވިތާ ކިތަންމެ ދުވަހެއް. މިޝްކާއާއި ބެހޭ ގޮތުން އިވެމުން ދިޔަ އަޑުތަކާއި ފެންނަމުން ދިޔަ މަންޒަރުތައް ހިއްޞާ ނުކުރީ ދެ މެފިރިއެއްގެ ދިރިއުޅުން ހަލާކު ކުރާ ކަތުރު ފަންޏަކަށް އަހަރެން ވެދާނެތީ. މާކުރިންވެސް މިޝްކާގެ ހަޤީގަތް އެނގޭ. ނުސީދާކޮށް ބައެއް ވާހަކަތައް ސައުން ނާއި ދިމާލަށް ބުނެފައި ވެސް ހުންނާނެ. އަދި ނައުފާ އަކީ އޮފީހުގައި ހިނގާ ކަންތައްތައް މިޝްކާ އަށް އުފުލައިދޭ ރިޕޯރޓަރެއްކަން ވެސް އެނގޭ. އެހެން ނަމަވެސް މާބޮޑު ހެއްކެއް ދެއްކޭނެ ނެތަ ތީ ދޫ ހިމޭނުން ލައިގެން ހުރީ. އަދި ސައުންނަށް އެކަންތައްތައް ފަޅާ އަރާނެ ދުވަހަކަށް އިންތިޒާރު ކުރިން. އޭރުން މީހަކު ބުނާ ވަހަކައަކަށް ވުރެ އެމީހެއްގެ ދެލޮލަށް އެކަންތައްތައް ފެނުމުން ޤަބޫލު ކުރަން ފަސޭހަ ވާނެތީ. ނައުފާ މިއަދު އޮފީހަށް އައި ގޮތަށް ކުރި ކަމަކީ އެވާހަކަ އަށް އިތުރު ބައިތައް ލައިގެން އެހެން މީހުން އަވައިގައި ޖެއްސޭނެހާ ގޮތް ގޮތަށް ފޮނިތޮށި ކާފުރު ތޮޅި ލައިގެން ކަންބޮޑު ކޮށްގެން އޮފީހުގެ އެހެން މީހުންގެ ގާތުގައި ރަވަބޮލި ހެދިގެން ތެޅުވުން. އެވަރުން ނުވެގެން މިޝްކާއަށް ގުޅައިގެން އެ ވާހަކަތައް ކިޔައި ދެނިކޮށް މަގޭ މިދެކަން ފަތުން އަޑު އެހިން."

ސައުން: "ތިކަމާ ނުވިސްނަށް މިޝްކާއަކީ މިހާރު ނަމެއްގައި އަހަރެންގެ އަނތްބެއް. ކުދިންނަށް ޓަކައި މިހާ ދުވަހު ކެތްކުރީ. އަހަރެންގެ އަނތްބެއްގެ މަޤާމުގައި އިނދެގެން އެހެން މީހުންގެ ތަންމަތިތައް ފަޅުފިލުވަމުންދާ މުޑުދާރު އަންހެނެއް އެއީ. އަހަރެންގެ ދެ ކުދިންގެ މައިމީހާއަށް ވިޔަތީ ދެރަވޭ! އަނތްބެއްގެ މަގާމު ދެވުނަތީ މިހާރު ލަދުގަނޭ! މިޝްކާގެ މުޑުދާރު އަމަލުތައް ދުނިޔޭގެ ހުރިހާ ލޯތަކަށް ހާމައަށް އެހެރީ ފެންނަށް. އަލަކުން މީހަކު ކިޔައިދޭނެ ވާހަކައެއްއަދި އެ ވާހަކަ ގަބޫލު ކުރުވަން ދައްކާނެ ހެއްކެއްނެތް. އެއީކީ އެޑިޓް ކޮށްގެން ނެރޭފައި ވާ ފޭކު ފޮޓޯތަކެއް ވެސް ނޫން. އަހަރެންގެ ގޭގައި އަހަރެންގެ ކޮޓަރީގައި."

ނަވާލު: "ނާ ހަމަތެދެއް ތޯ؟ މާ ލަސްވެއްޖެ! އަޅުގަޑު ނަމަ ފަޅި ސިކުންތެއް ވެސް ހޭދަ ނުކުރާނަށް މައާފު ކުރުމެއް ނެތި އަބަދަށް ހަޔާތުން އެ ނަން ފުހެލާނަށް. ސައުން ކަހަލަ ރަގަޅު ފިރިޔަކަށް ޚިޔާނާތް ތެރި ވާނީ މޮޔައެއް އަވަހަށް ތި ތަނުން ދުރުވޭ! އަދި ދެ ކުދިން ވެސް އޭނަގެ މުޑުދާރު ދުނިޔޭން ނެރެ ސަލާމަތްކުރޭ! ނޫންނަމަ މައިމީހާގެ ފުށުން ފެންނަ މަންޒަރު ނަކަލުކޮށް އެ ކުދިންގެ ހަޔާތް އެ މަގުގައި ބަނަވެ ހިގައިދާނެ. މީހުން ބުނެއެއް ނޫން އަލަގަހަކުންކެޔޮ ނިރެއް ނުފަޅާނެއޭ."

ޝައުން: "އިއްޔެ އޮންނާނީ ކޯޓަށް ވަރި ކުރުމަށް ފޯމުލައިފައި. އެކަން ކުރަން ބޭނުންވަނީ ޝަރުޢީ ހަމަތަކުން ކަމަށް ވާތީ."

ދެ މީހުންގެ ވާހަކަ މެދު ކަޑާލީ ސައުންގެ ފޯނެވެ. ފޯނަށް ބަލާލި އިރު މިޝްކާ ގުޅާކަން ޢެގުމުން ސައުން ފޯނު ނިއްވާލިއެވެ. ދެން ގުޅަން ފެށީ އޮފީހު ފޯނަށެވެ.

ފޯނު ރިންގުވުން މެދުނުކެޑި ދާން ފެށުމުން ނަވާލު ފަހުން އަންނާނަމޭ ބުނެ އެބުރި ދިޔުމަށް ހިގައިގަތެވެ. ނަވާލު ދިއުމުން ފޯނު ނަގަން ނިންމިއެވެ. އެއީ ކުދިންގެ ކަމަކާއި ގުޅާފާނެ ކަމަށް ހީކޮށްފައެވެ.

ސައުންނަށް ހަލޯއޭ ނުބުނެ ވެނީސް މިޝްކާ ގޮވަން ބޭނުންވި ހުރިހާ ވާހަކައެއް ފައްޗަކަށް އަމުނާލިއެވެ. މަށަށް ވުރެ ވަކިން ތާހިރު އުޅުމެއް އުޅޭ މީހެއް ނޫނޭ ބުނެ ދުލަށް އައިހާ ހަޑިގޮތަކަށް ވިރުވާ އަޅަމުން ދިޔައެވެ. ސައުން ބަހަކުން ބަހެއް ނުބުނެ އަޑު އަހަން ހުއްޓެވެ. ހުރިހާ އެއްޗެއް ކިޔާ ވަރުބަލި ވެގެން ހުއްޓާލި މީހެއް ފަދައިން މާނޭ ވަޔަކާއެކު ވާހަކަ މެދު ކަނޑާ ލުމުން ސައުން ބުންޏެވެ.

"ކިޔަން ހުރި ހުރިހާ އެއްޗެއް ކިޔާ ނިމުނީ ހެއްޔެވެ؟ އިތުރު ކަމެއް އެބައޮތް ހެއްޔެވެ؟" އެހެން ބުނުމަށްފަހު ކުޑައިރު ކޮޅަކަށްމަޑު ކޮށްލިއެވެ. ނަމަވެސް މިޝްކާގެ ފަރާތުން އިތުރު ޖަވާބެއް ނައުމުން އަނެއްކާ ވެސް ސައުން ވާހަކަ ދައްކަން ފެށިއެވެ.

ސައުން: "މިޝްކާގެ ތިޔަ ސުވާލު ތަކަށް ދެން ޖަވާބު ދޭކަށް އަހަރެން ބޭނުމެއްނޫން. މިހާރު ދެން އިތުރަށް ވާހަކަ ދައްކައިގެން ހައްލުކުރާނެ އިތުރު ކަމެއްއޮތް ކަމަކަށްވެސް ނުދެކެން. ދެތިން ދުވަހެއްގެ ތެރޭގައި ކޯޓަށް ކިޔާނެ. މިޝްކާއާއި އަހަރެންގެ މާނައެއް ނެތް މިގުޅުމަށް އެ ދުވަހުން ނިމުން އަންނާނެ. މިޝްކާ ބޭނުންވި ގޮތަށް ފަޠަޙަ ލިބިގެން ދާނެ. އުފާކުރޭ! އޭރުން އަހަރެންނާއި މިޝްކާގެ ހުރިހާ ގުޅުމެއް ކެޑިގެން ދާނެ އަހަރެންގެ ހަޔާތުން މިޝްކާގެ ނަން އުމުރަށް ފޮހެވިގެން ދާނެ. ފޯނު ބޭއްވުގެ ކުރިން އެއް ވާހަކަ ބުނެލަން ބޭނުން. ކައިވެނި ރޫޅާލުމަށް ފަހު ދެ ކުދިން ތިބޭނީ އަހަރެންގެ ބެލުމުގެ ދަށުގައި މައެއްގެ ހައިޞިއްޔަތުން ކުދިން ތިބި ތަނަކަށް އައިސް ބައްދަލު ކުރުމާ މެދު އިޢުތިރާޒެއް ނުކުރަން. އަދި މިޝްކާގެ ތިޔަ މުޑުދާރު އުޅުން އެކުދިންނަށް ފެނުމަކަށް ވެސް ނޭދެން. ކުދިން އަހަރެންގެ ގޭގެ ހަތަރު ފާރުން ބޭރަށް މިޝްކާ ގެންގޮސްގެން ނުވާނެ. މީގެ ފަހުން އަހަރެން މިޝްކާގެ ފަހަރުން ރޮއި އާދޭސް ކުރަމުން ދޫވާނެ ކަމަށް ނުދެކޭތީ. ލައްކަ ދުވަހު އަހަރެން ކެތް ކުރީން ކުދިންނަށްޓަކައި މިޝްކާ ދޫކޮށްނުލައި އިޞްލާހް ކުރެވޭތޯ ލައްކަ މަސައްކަތް ކުރެވުނު. ކުށެއް ކުޜެވުނު ނަމަވެސް އެކަމަށް މާއާފް ވެސް ދެވޭނީ މަޢާފް ދޭވޭ ފެން ވަރުގެ ކުށަސްކަން މިޝްކާ ދަންނާތީ. އަހަރެންނާއި އަހަރެންގެ ދެދަރިންގެ ކޮން ކުށެއް އޮވެގެން ތިޔަފަދަ ގޮތަކަށް ފަޟީހަތް ކޮށް، އެކުދިންނަށް އެހެން މީހުންގެ މަލާމާތާއި ފުރައްސާރަ ލިބޭ ފަދަ ހަޑި މުޑުދާރު އުޅުމެއް ތިޔަ އުޅުނީ. ކޮންއެޗެއް މަދުވީ މި ދިރިއުޅުމުން. ނުދެވި ވަނީ ކޮން ޚައްޤެއް."

އޭރު ސައުންގެ ދެލޮލުގައި އޮހިގަން ނަން ތައްޔާރުވެ ޖަމާވެފައި ވާ ކަރރުނަތައް މޭޒުމަތީގައި ހުރު ޓީޝޫ ފޮށިން ޓިޝޫއެއް ނެގުމަށްފަހު ފޮހެލިއެވެ. އަދި ކުޑަކޮށް މަޑު ކޮށްލިއެވެ. އެވަގުތު މިޝްކާ ވާހަކަ ދައްކަން ފެށިއެވެ. އަދިވެސް ކުށް ގަބޫލު ކޮށް މައާފަށްއެދުމުގެ ކުޑަވެސް ޚިޔާލެއް ނެތެވެ. އެހިނދު މިޝްކާ ބުނަމުން ދިޔައެވެ.

މިޝްކާ: "އާން! ދެން ފެންނާނީ ދޮން މަންމަ އާލިޔާއި އެކު ބައްޕަ ލޯބިން އުޅޭ މަންޒަރު. އަބަދުވެސް އަހަރެން ބުނަމުންއައި ވާހަކައެއް އެއީ އަހަރެންނަށް ވުރެ ރީތި އަންހެން ކުދިން އޮފީހަށް ވައްދައިގެން އުޅެނީކީ ރަނގަޅަކަށް ނޫނޭ. އޭރު އަހަރެން ކުރި ޝައްކު މިވަނީ ޔަޤީނަށް ބަދަލުވެފައި. ތިޔަ ދެމީހުންގެ ލޯބީގެ ކުޅިގަނޑު ނުދެކޭ އެންމެ މުއައްޒަފެއް ވެސް ނެތް. މާ ޞާލިޙް މީހަކަށް ވެގެން އުޅޭނެ ކަމެއް ނެތް."

އެހެން ބުނުމާ އެކު ސައުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

ސައުން: "އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެޢް ނޫން އަހަރެންނަށް ރަގަޅީ މިޝްކާ ބޭނުން އެއްޗެއް އޮތްނަމަ ހިފައިގެން އަހަރެންގެ ދިރި އުޅުމާއި ގެދޮރުން މިއަދުން މިއަދަށް ނުކުމެގެން ދިއުން."

މިޝްކާ: (ރުން ކުރު ގޮތަކަށް) "ގެއަކުން ވެސް ނުދާނަށް ދެން ވަރިއެއް ވެސް ނުވާނަށް އެހެން އަންހެނަކާއި އިނދުނަކަ ވެސް ނުދޭނަން. ކޯޓުގައި އަހަރެން އުޅެން ބޭނުންވާ ވާހަކަ ބުނެފި ނަމަ ވަރިޔެއް ނުކޮށްދޭނެ."

އެހާ ހިސާބުން ދެފާރާތުގެ ބަހުގެ ހަމަލާދިޔައީ ހޫނު ވަމުންނެވެ. އަނެއްކާވެސް ސައުން ބުނަމުންދިޔައެވެ.

ސައުން: "އިރެއްގައި މިޝްކާ އެޅިހާ ބަތަކަށް ރިހަވެގެން ހުރި ނަމަވެސް މިއަދު އެގޮތަށް ހުންނާކަށް ބޭނުމެއްނޫން. މިޝްކާގެ ނުކިޔަމަން ތެރިކަމާ ދެމަފިރިންގެ ގުޅުމުގެ ހާލަތު ހުރި ގޮތާއި، އިންޓަރނެޓުގައި ދައުރުވާ ފޮޓޯތައް ކޯޓު ކުރިމައްޗަށް އަހަރެން ސާބިތު ކޮށްދީފި ނަމަ ތިޔަ ފަދަ އަންހެނަކާ އެކު ދައްޔޫސް ހެދިގެން ދިރިއުޅެން ކޯޓުން ދެވަނަ ފުރުސަތެއް ދީފާނެބާ؟"

އެހެން ބުނުމާ އެކު މިޝްކާ ފޯނު ކަޑާލިއެވެ. ސައުން ފޯނު ބޭއްވުމަށްފަހު މިއޮއް ހުރިހާ ދުވަހު ސިކުނޑީގައި ހުރި އުދާސްތައް ބޭރުކޮށް ލެވުމުން ލިބުނު އަރާމުގައި ކުޑަކޮށް ހަމަޖެހިލިއެވެ. ބޮލުން އެތައް ބުރައެއް ލުއިވިކަމުގެ އިހުސާސްކުރެވިގެން ދިޔައެވެ. (ނުނިމޭ)

މިދިޔަ އަންގާރަ ދުވަހުގެ ބައި: