ދިރާގު

ދިރާގާއި ސްޕާކް ހަބުން ކުދި ވިޔަފާރިތަކަށް ހުނަރު ދަސްކޮށްދެނީ

Dec 3, 2021

ދިރާގާއި ސްޕާކް ހަބުން ކުދި ވިޔަފާރިތަކަށް ފަންނީ ހުނަރުތައް ދަސްކޮށްދޭން ލީން ސްޓާޓްއަޕްއެއް ބާއްވަން ނިންމައިިިފި އެވެ.

ލީން ސްޓާޓްއަޕް މޯލްޑިވްސް 2021ގެ ނަމުގައި ދިރާގާއި ސްޕާކް ހަބުން ކުރިއަށް ގެންދާ ވޯކްޝޮޕް އޮންނާނީ މި މަހުގެ 17 އިން 19 އަށް ސޯލްޓް ކެފޭގަ އެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ދިރާގާއި ސްޕާކް ހަބުން ނެރެފައިވާ ޖޮއިޓް ޕްރެސްރިލީސްގައި ބުނީ މި ވޯކްޝޮޕްގައި ވިޔަފާރިއެއް ފަށައި ހިންގަން ބޭނުންވާ ހުނަރުތައް ދަސްކޮށްދޭނެ ކަމަށެވެ. މިގޮތުން ކަސްޓަމަރުން ހޯދުން ފަދަ ހުނަރުތައް ކިޔައިދޭނެ އެވެ.

ދިރާގުން ބުނީ ރާއްޖޭގައި ގިނަ އިނޮވޭޓަރުންނާއި ޑިވެލޮޕަރުން ތިބިއިރު މި ވޯކްޝޮޕްގައި "ލީން ކެންވާސް މޮޑެލް" ގައި ވިޔަފާރި ކުރިއަރުވާނެ ގޮތް ކިޔައިދޭނެ ކަމަށެވެ.

ދިރާގާއި ސްޕާކް ހަބް ގުޅިގެން މީގެ ކުރިން ވެސް ވަނީ މިފަދަ ވޯކްޝޮޕްތައް ބާއްވައި މައުލޫމާތު ދީފަ އެވެ.