ދުނިޔެ

އިރާނާއި ތާލިބާނުންނާ ދެމެދު ހަމަލާތަކެއް ބަދަލުކޮށްފި

އީރާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދީ ބޯޑަރުގައި ހަމަނުޖެހުން ތަކެއް ހިނގައިފި ކަމަށް ޚަބަރުތައް ބުނަން ފަށައިފި އެވެ. އެއީ މީގެ ކުރިން ވެސް މަޝްރަހު ހޫނުވެފައި އޮތް ސަރަހައްދެކެވެ.

އީރާނިއަން ތަސްނީމް ނިއުސް އޭޖެންސީން ބުނާ ގޮތުން ސަރަހައްދީ ބޯޑަރުގައި ހިނގި ހަމަނުޖެހުންތައް އެއީ ރަސްމީ ގޮތުން ބަދަލުކުރި ހަމަލާތަކެއް ގޮތަށް ސިފަކުރެވޭކަށް ނެތެވެ. އަފްޣާން ނިމްރޮޒް ޕްރޮވިންސްގައި އީރާންގެ ބޯޑަރު ބަލަހައްޓާ ގާޑުންނާ ތާލިބާނުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް މިހާރު އޮތީ ކޮޅެއްގައި ޖެހިފައި ކަމަށް ވެސް ޚަބަރު އޭޖެންސީން ބުންޏެވެ.

އަފްޣާނިސްތާނާއި އީރާން ގުޅޭ ސަހައްދީ ބޯޑަރު 900 ކިލީމީޓަރަށް ދުވެފައި އޮވެ އެވެ. ތާލިބާނުން އަފްގާނަށް އަތްގަދަކުރި ނަމަވެސް، ތާލިބާނުންގެ ސަރުކާރު އީރާނުން ބަލައެއް ނުގަނެވެ. އެހެންނަމަވެސް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޮތީ ބުނެފަ އެވެ.

އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވި ގޮތުގައި މަޝްރަހު ހޫނުކުރީ އެސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. އެއީ ތާލިބާނުންގެ ވެރިންނަށް އެނގުމެއް އޮވެގެން ހިންގި ކަމެއް ނޫނެވެ.

ތަސްނީމް ޚަބަރު އޭޖެންސީ ބުނި ގޮތުގައި މައްސަލަ ފުރަތަމަ އުފެއްދި ބަޔަކީ އީރާންގެ ދަނޑުވެރިންނެވެ. އެމީހުން އަފްޣާން ބޯޑަރު ހުރަސްކޮށް ވަދެގަތުމުން ތާލިބާނުން ހަމަލާ ދީނީ އެވެ.

ތާލިބާނުން ހަމަލާ ދިނުމުން ރައްދުގައި އިރާންގެ ބޯޑަރު ގާޑުން ވެސް ހަމަލާ ދިނީ ކަމަށް ޚަބަތުތައް ބުނެ އެވެ.