އެމްޑަބްލިއުއެސްސީ

ފީވަކުގައި ފެނުގެ މަޝްރޫއު އިފްތިތާހުކޮށްފި

Dec 4, 2021

ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ށ. ފީވަކުގައި ފެނުގެ ނިޒާމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ށ. ފީވަކުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު އިފްތިތާހުކޮށްދެއްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މި މަޝްރޫއުގެ ދަށުން ފީފަވަކުގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ފޮނުވާފައިވާ ކަމަށެވެ. ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު، ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ އިމާރާތުގެ 33 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ.

މި މަޝްރޫގެ ދަށުން ފީވަކުގައި 9.18 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމު ކުރާނެ އެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރަން ތިން ތާންގީ ބަހައްޓާނެ އެވެ.

ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝަރޫއުގެ އަގަކީ 49.60 މިލިއަން ރުފިޔާ އެވެ.