ވިޒިޓް މޯލްޑިވްސް

މައިޑް އެކްސްޕޯގައި ރާއްޖޭގެ ޑައިވް ޕޮއިންޓްތައް އިޝްތިހާރުކޮށްފި

Dec 5, 2021
މައިޑް އެކްސްޕޯގައި ހުރި ރާއްޖޭގެ ސްޓޯލްގައި މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ވިސާމް އަލީއާއި އިންތިޒާމު ކުރާ ބައެއް ފަރާތްތަކުން މަޑުކޮށްލައިގެން
0%
0%
0%

މެލޭޝިއާ އިންޓަނޭޝަނަލް ޑައިވް އެކްސްޕޯ -- މައިޑް 2021 ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މައިޑް އެކްސްޕޯ އަކީ ޑައިވްކުރުމާއި މޫދު ކުޅިވަރުތަކާއި މެރިން ކޮންޒަވޭޝަންގެ ކަންކަމުގައި ހަރަކާތްތެރިވާ އަދި އެފަދަ ހިދުމަތްދޭ ފަރާތްތަކުން ބައިވެރިވާ ބައިނަލްއަގްވާމީ ފެންވަރުގެ އެކްސްޕޯ އެކެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ޑައިވް މަންޒިލްތަކުންނާއި، މޫދު ކުޅިވަރުތައް އިންތިޒާމު ކުރާ ފަރާތްތަކާއި، އެފަދަ ސާމާނު ވިއްކާ ފަރާތްތަކާއި، ޑައިވިންއާ ގުޅޭ އެކި ޓެކްނޮލޮޖީގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެސް މި އެކްސްޕޯގައި ބައިވެރިވެ އެވެ.

ދިވެހިރާއްޖެއިން މި އެކްސްޕޯގައި ބައިވެރިވީ ރާއްޖޭގެ ޑައިވް މަންޒިލްތައް އިޝްތިހާރު ކުރުމަށާއި، ރާއްޖޭގައި މޫދު ކުޅިވަރުތަކަށް ހުރި ފުރުސަތުތައް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ވަކިން ހާއްސަކޮށް މެލޭޝިއާގެ ފަތުރުވެރިންނަށް އަންގައިދީ މައުލޫމާތު ފޯރުކޮށްދިނުމަށެވެ.

މީގެއިތުރުން ރާއްޖެ އަކީ އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް ރާއްޖޭގެ ރިޒޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސް އަދި ލިވަބޯޑުތަކުން ލިބޭ ހިދުމަތްތައް ވެސް އެކްސްޕޯ އަށް ޒިޔާރަތްކުރި ފަރާތްތަކަށް ބުނެދީފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ މައިޑް އެކްސްޕޯގައި ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުމަކީ ވިޒިޓް މޯލްޑިވްސްގެ މާކެޓިން ސްޓްރެޓަޖީގައި ހިމެނޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ އެކްސްޕޯތަކާއި، ފެއާތަކާއި، ރޯޑް ޝޯ ތަކާއި، އެކި ކަހަލަ މާކެޓިން ކެމްޕޭން ތަކުގައި ރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ މިލިއަނަކަށް ވުރެ މައްޗަށް ގޮސްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345