ޑިފެންސް މިނިސްޓްރީ

ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާނެ މައި ސެންޓަރު ހުޅުވައިފި

Dec 7, 2021

ޓެރަރިޒަމްގެ ހަރަކާތްތަކާ ދެކޮޅަށް ދައުލަތުގެ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ މައި މަރުކަޒު -- ޖޮއިންޓް އިންޓައޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް)، މިއަދު ހުޅުވައިފި އެވެ.

ބަންޑާރަކޮށީގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

މި ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހް ވަނީ އެތަނުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާފަ އެވެ.

ޓެރަރިޒަމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް އެންމެ އިސް އެއް އިދާރާއެއްގެ ގޮތުގައި މީގެކުރިން މަސައްކަތް ކުރީ އެމްއެންޑީއެފްގެ ތެރޭގައި އުފައްދާފައި އޮތް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުންނެވެ.

ޖަޔޮކްގެ މައިގަނޑު މަސައްކަތަކަށް ވާނީ ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވުމަށް އެކަންކަމާ ކުރިމަތިލާނެ ރޭވުންތައް ރާވައި އޮޕަރޭޝަންތައް ހިންގުމެވެ.

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ނެޝަނަލް ކައުންޓާ ޓެރަރިޒަމް ރެސްޕޮންސް ޕްލޭންގެ ނަމުގައި މިހާރު ވަނީ ޕްލޭނެއް އެކުލަވާލައި ތަންފީޒު ވެސް ކުރަން ފަށާފަ އެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ހަރުކަށި ފިކުރު ފަތުރާ މީހުންގެ ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެ އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ބުނަމުންނެވެ.