ރައީސް އޮފީސް

އަންނަ އަހަރަށް އިތުރު ދުވަސްތަކެއް ބަންދު

އަންނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކާ ދިމާކޮށް އިތުރު ދުވަސްތަކެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.

ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ރަސްމީ ބަންދު ދުވަހަށް ފަހު ސަރުކާރު ހުޅުވޭ ދުވަހުގެ ކުރިއަށް ހަފްތާ ބަންދު ދިމަވާ ދުވަސްތަކެވެ. އެއީ ބުދަ އަދި ބުރާސްފަތި ދުވަސްތަކެވެ. އެގޮތުން އެހެން ދިމާވާ ހަތަރު ދުވަހެއް މިހާރު ވަނީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

އަންނަ އަހަރު ބަންދުކުރި އިތުރު ދުވަސްތައް

  • 5 މޭ 2022 (ބުރާސްފަތި)
  • 13 ޖުލައި 2022 (ބުދަ)
  • 14 ޖުލައި 2022 (ބުރާސްފަތި)
  • 28 ޖުލައި 2022 (ބުރާސްފަތި)

މޭ މަހުގެ ފަސް ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ ކުޑަ އީދު ނިމި ސަރުކާރު ހުޅުވޭ ދުވަހަކަށް ބުރާސްފަތި ދުވަސް ވާތީ އެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ 13 އަދި 14 ވަނަ ދުވަސް ބަންދުކޮށްފައިވަނީ ބޮޑު އީދަށް ފަހު ސަރުކާރު ހުޅުވޭ ދެ ދުވަހަށް ވާތީ އެެވެ. އަންނަ އަހަރުގެ ބޮޑު އީދު ދުވަހަކީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހެވެ. އެއީ ހޮނިހިރު ދުވަހެވެ. މިހާރު އޮތް ގޮތުން ނަމަ އެ ހަފްތާ އެއްކޮށް އެއީ ސަރުކާރު ބަންުދު ހަފްތާއެކެވެ.

އަންނަ އަހަރުގެ ޖުލައި 28 ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ މިނިވަން ދުވަހަށްފަހު އަލުން ސަރުކާރު ހުޅުވޭ ދުވަހަކީ ބުރާސްފަތި ދުވަހަށް ވާތީ އެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ އެގޮތަށް ދިމާވާ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައަޅައިފަ އެވެ.