ޕީޕީއެމް

ޕީޕީއެމްގެ ޒުވާނުން ސައިކަލު ބުރެއް ބާއްވަނީ

ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ޒުވާނުން އިސްނަގައިގެން އަންނަ ހޮނިހިރު ދުވަހު ސައިކަލު ބުރެއް ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރު ހުސައިން ނާއިސް ވިދާޅުވީ މިއީ ރައީސް އަބްދުﷲ ޔާމީން މިނިވަންވަޑައިގަތުމުން އުފާފާޅުކުރުމުގެ ގޮތުންނާއި އަދި އިންޑިއާގެ ނުފޫޒު ރާއްޖޭގައި ގަދަވާތީ އަޑު އުފުލުމުގެ ގޮތުން ބާއްވާ ސައިކަލު ބުރެއް ކަމަށެވެ.

ސައިކަލުބުރު ފަށާނީ އަންނަ ހޮނިިހިރު ދުވަހު ހަވީރު 03:45 ގައި ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ. ސައިކަލް ބުރު އިންތިޒާމު ކުރަނީ ޒުވާނުން ކަަމަށްވީ ނަމަވެސް ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް ނާއިސް އެދިފައިވެ އެވެ.

"މި ހަރަކާތަކީ ސައިކަލުބުރެއް ކަމުގައިވީ ނަމަވެސް ފައިމަގުގައި އުޅޭ ރައްޔިތުންނަށް ވެސް ބައިވެރިވެވޭނެ. ކޮންމެވެސް ގޮތަކުން ބައިވެރިވުން މުހިއްމު،" ނާއިސް ވިދާޅުވި އެވެ.

އިންޑިއާގެ ނުފޫޒާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ހަރަކާތްތައް އިދިކޮޅުން ފުޅާކުރަމުން އަންނައިރު މީގެ ކުރިންވެސް ކޮންމެ ހަފްތާ އަކު އިދިކޮޅުން ދިޔައީ މިފަދަ އެއްވުންތަކެއް ބާއްވަަމުންނެވެ.

އިދިކޮޅުން އިސްނަގައިގެން "ކޮތަރު ކޮށި" ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވާން ވެސް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެޗްޑީސީން ބުނީ އެ ޖަލްސާ ބޭއްވެނީ އެ ކުންފުނީގެ ހުއްދަ ނަގައިގެން ކަމަށެެވެ.