މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލުނު މީހާ ފެނިއްޖެ

މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.

ފުލުހުން ހޯދަމުންދިޔައީ ދ. މީދޫ / ނޫރާނީވިލާ، އަލީ އިސްމާއީލް (54އ) އެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް މިމަހުގެ ދެވަނަ ދުވަހު ރިޕޯޓް ކުރި ކަމަށެވެ.

އިސްމާއީލްގެ ކޮއްކޮ އިރުފާނާއަށް އަވަސް އިން ގުޅުމުން ބުނީ އިސްމާއީލް ފެނިއްޖެ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ބުންނެވެ.

ރޭގައި މީދޫ ފުލުހުންނަށް އިސްމާއީލާއި ވާހަކަދެއްކުނު ކަމަށާއި ފޯނެއް ނެތިގެން އާއިލާއާ ކޮންޓެކްނުކުރެވުނީ ކަމަށް އޭނާ ބުނި ކަމަށެވެ. " އެންމެ ފަހުން ވެސް ބޭބެ އާއިލާއަށް ގުޅީ އެހެން މީހެއްގެ ފޯނުން އެއް މަސް ކުރިން. ބުނި ފޯނު ހަލާކުވެގެން އުޅޭ ވާހަކަ،" އިރުފާނާ ބުންޏެވެ.

އިރުފާނާ ބުނި އިސްމާއީލް މިހާރު ހުރީ އައްޑޫ ސިޓީ މަރަދޫގައި މަސްދަތުރެއްގައި ކަމަށެވެ.