ހަބަރު

ހޯދަމުންދިޔަ ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދ. މީދޫއިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ނަމާދަށް ދިޔަ ފަހުން އެންބުރި ގެއަށް ނައިސްގެން އާއިލާގެ ފަރާތުން ހޯދަމުންދިޔަ އުމުރުން 83 އަހަރުގެ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނުނުކަމުގެ ރި÷ޯޓު މިއަދު 13:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ މޫދުން ނަގައިގެން މީދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިމައްސަލާގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.