އެޗްއާރްސީއެމް

އެޗްއާރްސީއެމަށް 517 މައްސަލަ

Dec 10, 2021

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް މިއަހަރުގެ މިހާތަނަށް 517 މައްސަލަ ހުށަހަޅައިފި އެވެ.

މިއަދަކީ ދުނިޔޭގައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ފާހަގަކުރަން ފެށިތާ 71 އަހަރު ފުރުނު ދުވަހެވެ. އަދި މިއަދަކީ އެޗްއާރްސީއެމް އުފެއްދިތާ 18 އަހަރު ފުރުނު ދުވަހެވެ.

އެޗްއާރްސީއެމް އަށް މިދިޔަ އަހަރު 517 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 212 މައްސަލަ ކޮމިޝަނުން ބަލައި ނިންމާފަ އެވެ.

އެޗްއާރްސީއެމް އަށް މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު 627 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެ އެވެ. މީގެތެރެއިން 157 މައްސަލަ އަކީ ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަށް ބަލަމުންދާ މައްސަލަ ތަކެވެ. ބާކީ 470 މައްސަލަ އަކީ އެކި ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.

ކޮމިޝަނުން މިދިޔަ ދެ އަހަރެއްހާ ދުވަހު ވަނީ 308 މައްސަލަ ބަލައި، އެ މައްސަލަތައް ނިމިފައިވާ ކަން ކަމާ ގުޅޭ އިދާރާތަކާ ހިއްސާކޮށްފަ އެވެ.

އެޗްއާރްސީއެމް އަށް އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ޖަލުގައި ތިބޭ ގައިދީންގެ ހައްގުތަކާ ގުޅޭ ގޮތުންނެވެ. މީގެއިތުރުން މަސައްކަތްކުރުމުގެ ހައްގު ގެއްލުވާލާފައިވާ މައްސަލަތަކާއި ލާއިންސާނީ އަނިޔާއާ ގުޅުންހުރި މައްސަލަތަކުގެ އިތުރަށް ޖުމްލަ 14 ބާވަތެއްގެ މައްސަލަތައް ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.

ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ހާއްސަކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަވަހަށް މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކޮމިޝަނުން އަބަދުވެސް ބުނެ އެވެ.