ބީއެމްއެލް ކަސްޓަމަރުންގެ ތެރޭގައި އެމެކްސް ކާޑު ގެންގުޅޭ މީހުން ގިނަ އެވެ. އެހެންވެ ބީއެމްއެލް އިން މިވަނީ މި ކާޑުގެ ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ލިބޭ ގޮތަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.
މި ޕްރޮމޯޝަންގައި ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަަމަރުން ރާއްޖޭގައި ކުރާ ވިޔަފާރި ތަކަށް ހާއްސަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުގެ އިތުރުން މާޗަންޓަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ޕްރޮމޯޝަންގައި ލިބޭ އިނާމުތައް
- ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވައި ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ އެއް
- ކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ މާޗަންޓް (ގުރުއަތުން ހޮވުނު ކަސްޓަމަރު ވިޔަފާރިކުރި ފަރާތް) އަށް 25،000 ރުފިޔާ
- ގްރޭންޑް ޕްރައިޒް ކަސްޓަމަރާއި މަޗަންޓަށް 50،000 ރުފިޔާގެ ގިފްޓް ކާޑެއް
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 12 އިން އަންނަ އަހަރުގެ ޖެނުއަރީ އަށެއްގެ ނިޔަލަށެވެ. އަދި ޕްރޮމޯޝަނާ ގުޅޭ އާންމު ޝަރުތުތައް ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.
ބީއެމްއެލްގައި 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުން ތިބެ އެވެ. އަދި ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތްދޭ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް މެންބަރެވެ.