ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ރިވާޑް: އަލަށް ރަޖިސްޓްރީ ކުރުމުން 1000 ޕޮއިންޓް

Apr 12, 2022
1

ބީއެމްއެލްގެ ކްރެޑިޓް ކާޑުން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް ޕޮއިންޓް ލިބޭ ގޮތަށް ބޭންކުން ތައާރަފް ކުރި ރިވާޑްސް ޕްރޮގްރާމަށް އަލަށް ރަޖިސްޓްރީކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ޕޮއިންޓް ލިބުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ރަނުގެ މި ފުރުސަތުގައި އަލަށް ރަޖިސްޓްރީ ކުރުމުން 1،000 ޕޮއިންޓްސް ލިބޭނެ އެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ މި ޕޮއިޓްތަކުން ވިޔަފާރިކުރެވޭ ގޮތަށެވެ.

މި ލިންކުން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރަޖިސްޓްރީ ކޮށްލެވޭނެ އެވެ

"ބީއެމްއެލް ރިވާޑްސް" ޕްރޮގްރާމްގެ ދަށުން ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑު ގަނެވޭ ގޮތަށެވެ.

މި ގޮތުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގުބޫލު ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ.

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލްގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ރިވާޑްސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން މިދަނީ އީމެއިލް މެދުވެރިކޮށް ފޮނުވަމުންނެވެ.

"ބީއެމްއެލް އިން ދޫކޮށްފައިވާ ކޮންމެ ކްރެޑިޓް ކާޑެއް ބޭނުންކުރައްވާ ކަސްޓަމަރަކަށް ވެސް މި ޕްރޮގްރާމުގައި ވަރަށް ފަސޭހައިން ރަޖިސްޓްރީ ކުރެއްވޭނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ރިވާޑްސް އަކީ ދުނިޔޭގެ 55 ގައުމެއްގައި ލޯޔަލްޓީ ޕްރޮގްރާމް ހިންގާ "ގިފްޓް" އާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިއީ ރާއްޖޭގައި ތައާރަފުކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ބީއެމްއެލް ރިވާޑްސް އާ ގުޅޭ މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.