ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަނަށް

އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން ލަންޑަން ދަތުރެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށެވެ.

ލަންޑަން ދަތުރުގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް ލަންޑަން ދެކޮޅު ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް ލިބޭނެ އެވެ. އޭގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ހަފުތާއަކު ދެ މީހަކަށް 5،000 ރުފިޔާ ލިބޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުއްދަތުގައި އެމެކްސް ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ކުރާ ވިޔަފާރިތައް ޕްރޮމޯޝަންގައި ހިމެނޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.