ހަބަރު

ހޯރަފުށީ ސަލީމްގެ ދިޔޯ ނެރެފި

Jan 19, 2015

ކުރީގެ ނޫސްވެރިޔާ މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ލިޔުއްވި ވާހަކަ، "ދިޔޯ" ރޭ ނެރެފި އެވެ. 

ރޭ ބޭއްވި ހަފުލާއެއްގައި ސަލީމްގެ ވާހަކަ ފޮތް ނެރެދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހަައްމަދު ޒާހިރު ހުސައިން އެވެ.

ރާއްޖޭގެ ތާރީހުގެ މުހިންމު ދުވަސްވަރެއް ރިސާޗް ކުރައްވައިގެން ސަލީމް ލިޔުއްވި ދިއޯ ގައި ހިމެނެނީ ހޮޅިން ރާއްޖެ އަރައި ހިންގި އަނިޔާވެރި އަމަލުތަކުގެ ތެރެއިން އައިސްފައިވާ ލޯބީގެ ހާދިސާއެކެވެ.

ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ހަފުލާގައި ޑރ. ޒާހިރު ހުސައިން ވިދާޅުވީ ގައުމެއްގެ ސަގާފަތާއި ޅެންވެރިކަމާއި އަދަބިއްޔާތުގެ ފެންވަރަކީ އެ ގައުމެއްގެ ތަރައްގީގެ މިންގަނޑު ކަމަށާއި ސަލީމްގެ މަސައްކަތްކޮށްދެއްވާފައިވާ ފަދައިން ރާއްޖެއާ ގުޅޭ ތާރީހީ ހާދިސާތައް ތަހުގީގުކޮށް އެ މައްޗަށް އިލްމީ ފޮތްތައް ލިޔަން ޖެހޭ ކަމަށާއި އަދި ދިވެހިންގެ ތެރޭގައި އުފެދިފައިވާ ވާހަކަތައް ހޯދައި، ޒުވާނުން ޝައުގުވެރިވާނެ ގޮތަށް ބަދަލު ކުރަންޖެހޭ ކަމަށެވެ.

ސަލީމަށް ނިސްބަތް ކުރައްވާ ޒާހިރު ވިދާޅުވީ ސަލީމަކީ އަދަބީ ގޮތުން އަރާ ހުންނެވި، ފުންނާބު އުސް މަލެއް ކަމަށެވެ.