ޓްރާންސްޕޯޓް އޮތޯރިޓީ

އެއްގަމު އުޅަނދުގެ ފީ 102 މިލިއަން ރުފިޔާއަށް

Dec 13, 2021

މި އަހަރުގެ މިހާތަނަށް އެއްގަމުގައި ދުއްވާ ވެހިކަލް ފީ އިން އާމްދަނީގެ ގޮތުގައި 102 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވެހިކަލް ފީ އިން މި އަހަރުގެ މިހާތަނަށް 102 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނީ 89 މިލިއަން ރުފިޔާ އެވެ. މި އަދަދުން އެނގެނީ ރާއްޖޭގައި ވެހިކަލް އިތުރުވަމުންދާ މިންވަރެވެ.

މީރާއިން ބުނި ގޮތުގައި ކަނޑު އުޅަނދުގެ ފީ އިން އާމްދަނީގެ ގޮތުގައި މި އަހަރު ލިބިފައިވަނީ 23 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު އުޅެނީ 21 މިލިއަން ރުފިޔާގަ އެވެ.

ރާއްޖެއަށް އެއްގަމު އުޅަނދު އެތެރެކުރާ މިންވަރު ބޮޑު ތަނުން އިތުރުވަމުންދާއިރު، ވެރިރަށް މާލޭގައި ބޭނުން ކުރާ ވެހިކަލްގެ އަދަދު އިތުރުވެ ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.