ހުސައިން ވަހީދު

މެންބަރު ހުސައިންގެ ޖަނާޒާ ބާއްވައިފި

Dec 14, 2021
2

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ވަހީދުގެ ޖަނާޒާ ބާއްވައިފި އެވެ.

ހުސައިންގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދުގެ ފަހުން އިސްލާމީ މަރުކަޒުގައި ކުރެވުނު ކަށު ނަމާދަށްފަހު އާސަހަރާގަ އެވެ.

ހުސައިންގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބް ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިންނާއި ހުސައިން އަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.

އެމްޕީ ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ މެންދަމު 1:30 ހާއިރު އެެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާވެސް ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ހުސައިން އަވަހާރަވުމާ ގުޅިގެން މަޖިލިސް މެންބަރުންނާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ފާހަގަކޮށްލެވޭ ގިނަ ބަޔަކު ދަނީ ތައުޒިޔާގެ މެސެޖްތައް ކުރައްވަމުންނެވެ. މީގެއިތުރުން ބައެއް އިދާރާތަކާއި ސިޔާސީ ޕާޓީ ތަކުން ވެސް ވަނީ ތައުޒިޔާ ކިޔާފަ އެވެ.