ސިއްހަތު

އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ދަށަށް

މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ފުދޭ ވަރަކަށް މަދުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެފައިވެ އެވެ. ނަމަވަސް މިއަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު މިދިޔަ ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު ދަށްވެފައިވެ އެވެ.

މިދިޔަ އޮކްޓޫބަރު މަހު އަރިދަފުސް ރޯގާގެ 30،843 ކޭސް ރިޕޯޓްކުރި އިރު މިދިޔަ ނޮވެމްބަރު މަހު ރިޕޯޓްކުރީ 19،598 ކޭސް އެވެ.

މިދިޔަ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވި މިންވަރުވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހު އިންފްލުއެންޒާގެ 598 ކޭސް ރިޕޯޓްކުރި އިރު މިދިޔަ މަހު ރިޕޯޓްކުރީ 104 ކޭސް އެވެ.

ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު މިއަހަރު ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިިދިޔަ މަހު ބަލި ޖެހުނު އަދަދު ގިނަ އެވެ. އެގޮތުން އޮކްޓޫބަރު މަހު 11 ކޭސް އަދި މިދިޔަ މަހު 22 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.

ބައެއް ބަލިތައް މި އަަހަރު މަދުވި ނަމަވެސް އެ ބަލިތަކާ މެދު ސަމާލުކަންދޭ މިންވަރު ކުޑަނުކުރަން ހެލްތު މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.