ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެށި ގދ. ވާދޫ އަށް އަރާ ފޭބުން މަނާކޮށް އެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.
އެޗްޕީއޭއިން ބުނީ ވާދޫ ބަންދުކުރީ އެ ރަށުން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ކަމަށެވެ. މިހާތަނަށް 17 މީހަކު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެނގިފައިވާ ގޮތުން އެ ރަށުން މި ކޭސްތައް ފެނިފައިވަނީ ރަށަށް ބޭރުން އައި މީހަކު ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ނެގި ސާމްޕަލްތައް ޕޮޒިޓިވްވުމުންނެވެ.
ވާދޫ ހިމެނޭހެން 21 ރަށެއް މިވަގުތު އޮތީ ބަންދުކޮށްފައެވެ.