ފެންފުށި

ފެންފުށި ސްކޫލުގައި ކްލާސްރޫމްތަކެއް އެޅުމަށް ހަވާލުކޮށްފި

Dec 20, 2021
1
ފެންފުށި ސްކޫލުގައި ކްލާސްރޫމްތަކެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
0%
0%
0%

އދ. ފެންފުށި ސްކޫލުގައި އިތުރު ކްލާސްރޫމް ތަކެއް އެޅުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖަރު ހަސަން އިބްރާހީމް ދީދީ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.

މިއަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފެންފުށި ސްކޫލައި 4 ކްލާސްރޫމް އިމާރާތް ކުރާނެ އެވެ.

މަޝްރޫއު ހަވާލުކޮށްފައިވަނީ 140 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަ ކުރާ ގޮތަށެވެ.

މި މަޝްރޫއަށް ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345