އިސްލާމިކް މިނިސްޓްރީ

ހަ ރަށެއްގެ މިސްކިތުގެ މަސައްކަތް ރޯދައިގެ ފަހުން ފަށަނީ

އިމާރާތްކުރާ މިސްކިތެއްގެ ކުރެހުމެއް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

ރާއްޖޭގެ ހަ ރަށެއްގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ރޯދައިގެ ފަހުން ފަށަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރިއަށް ގެންދެވޭ މަޝްރޫއުތަކެއް ކަމަށެވެ.

މި މިސްކިތްތައް ނިމޭއިރު ސޯލާއާއި އޭސީ ހަރުކުރެވި ނެވިލޯން ވެސް އަޅާނެ ކަމަށާއި މިސްކިތްތައް ޑިޒައިންކޮށްފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިސްކިތް އިމާރާތްކުރާ ރަށްތައް

  • އއ. ރަސްދޫ
  • އދ. ފެންފުށި
  • ފ. ފީއަލި
  • ގދ. މަޑަވެލި
  • ހއ ބާރަށް
  • ތ. ވޭމަންޑޫ

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އިމާރާތްކުރަނީ 300 މީހުން، 500 މީހުން އަދި 700 މީހުންނަށް ނަމާދު ކުރެވޭ ސައިޒުގެ މިސްކިތްތަކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345