މަތީ ތައުލީމް

ޔުނައިޓެޑް ވޯލްޑް ކޮލެޖުގެ ސްކޮލަޝިޕް ހުޅުވާލައިފި

Dec 22, 2021

އޯލެވަލް ފެންވަރުގެ ކުދިންނަށް ކުރިއަށް ގެންދާ ޔުނައިޓެޑް ވޯލްޑް ކޮލެޖް (ޔޫޑަބްލިއުސީ)ގެ ސްކޮލަޝިޕަަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޔޫޑަބްލިއުސީ މޯލްޑިވްސް ނެޝަނަލް ކޮމިޓީން ބުނީ މިއަހަރު މި ސްކޮލަޝިޕްގެ ފުރުސަތު ގްރޭޑް 10 އެއްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް ހުޅުވާލައިފައިވާ ކަމަށާއި އަންނަ އަހަރުގެ ސްކޮލަޝިޕްގެ ފުރުސަތު ވެސް މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

މި ސްކޮލަޝިޕަށް އަންނަ މަހުގެ 29 އާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އަދި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް ޔުނައިޓެޑް ވޯލްޑް ކޮލެޖެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ސްލޮކަޝިޕަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޔޫޑަބްލިއުސީ މޯލްޑިވްސް ގެ ވެބްސައިޓް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅޭނެ އެވެ.

ޔޫޑަބްލިއުސީ އަކީ 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އަމާންކަމާއި އެއްބަޔަކު އަނެއްބަޔަކާ ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ބާރުއެޅުމުގެ ގޮތުން މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ހާއްސަކޮށްގެން އުފެއްދި ސްކޫލް ނުވަތަ ކޮލެޖުތަކެކެވެ. މިއަދު ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ ޖުމްލަ 18 ކޮލެޖް ހުރެއެވެ.