ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޝާހިދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެން ފަހުން ޝާހިދު ދިރިއުޅުއްވަމުން ގެންދަވަނީ އެމެރިކާގަ އެވެ.

ޝާހިދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ކޯވިޑަށް ޕޮޒިޓިްވެފައިވާ ކަމަށެވެ. އަދި ބަލީގެ އަސަރު ކުޑަކޮށް ފެންނަން ހުރި ކަމަށާއި މިވަގުތު ގޭގައި އެކަހެރިވެ ހުންނެވި ކަމަށެވެ.

އެމަނިކުފާނު ވަނީ ކޮވިޑުން ދިފާއުވުމަށް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކުރައްވާފަ އެވެ. ބޫސްޓާ ޑޯޒް ވެސް މިދިޔަ ހަފްތާގައި ޖައްސަވާފައިވާ ކަމަށް ވިދާޅުވި އެވެ.

އާއްމު މަޖިލީހުގެ ރައީސްކަމާއި ޝާހިދު ހަވާލުވެވަޑައިގަތުމަށް ފަހު ކޮވިޑުން އަރައިގަތުމަށް ގިނަ މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ. އެ މަނިކުފާނު ވަނީ އާއްމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަސް ފުރުމާ ދިމާކޮށް ނިއުޔޯކްގައި ބޭއްވި ނޫސްވެރިނާއި ބައްދަލުކޮށް، ކޮވިޑް-19 އިން އަރައިގަނެވެން އޮތް ގޮތަކީ ހުރިހާ އެންމެންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ކާމިޔާބުކަމާއެކު ވެކްސިން ލިބޭނެކަން ކަށަވަރު ކޮށްދިނުން ކަމަށް ވިދާޅުވެފަ އެވެ.