ދައުލަތުގެ ހަރަދުތައް ފޫބައްދަން، އެތެރޭގެ މާކެޓަށް ހާއްސަކޮށް އެތެރޭގެ މާކެޓަށް ހާއްސަކޮށްގެން ޓްރެޒަރީ ބިލް (ޓީ-ބިލް) ގެ ބޮޑު އަދަދެއް މިދިޔަ ހަފުތާގައި ވިއްކަން ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 789 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 249,7 މިލިއަން ރުފިޔާ ޓީބިލެއްގެ އިތުރުން އިތުރުން، 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 120 މިލިއަން ރުފިޔާގެ ޓީބިލެކެވެ. މީގެ އިތުރުން ހިމެނެނީ 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ އެއް ބިލިއަން ރުފިޔާގެ ޓީބިލެކެވެ.
މިއީ ކޮންމެ ހަފުތާއަކު ޓީ-ބިލް ވިއްކަން ހުޅުވާލާ މުއާމަލާތުގެ ސިލްސިލާގެ ދަށުން ހުޅުވާލި ހުޅުވާލުމެކެވެ.
ފިނޭންސް މިނިސްޓްރީން މި އަހަރު ވަނީ ކުރިން އެމްއެމްއޭއިން ކުރަމުން ދިޔަ ޓީބިލާއި ބޮންޑު ވިއްކުމުގެ އިދާރީ ހުރިހާ މަސައްކަތް އެ މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.
ޓީބިލްގެ އިންޓްރެސްޓް ރޭޓް
- އެއް މަހުގެ ޓީބިލް - 3.50 ޕަސެންޓް
- ތިން މަހުގެ ޓީބިލް - 3.87 ޕަސެންޓް
- ހަ މަހުގެ ޓީބިލް - 4.23 ޕަސެންޓް
- އެއް އަހަރުގެ ޓީބިލް - 4.6 ޕަސެންޓް
ޓީބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުންނެވެ. ދައުލަތުން ޓީބިލާއި ބޮންޑް ފުރަތަމަ ތައާރަފް ކުރީ ސެޕްޓެމްބަރު 10، 2006 ގަ އެވެ. މިކަން ކުރުމަށް މިނިސްޓްރީގައި އެކަށީގެންވާ ވަސީލަތާއި ފަންނު ނެތުމުން، އެކަން ހަވާލުކުރީ ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އަށެވެ.