ދުނިޔެ

ޗައިނާއިން ކެމެރާ ސެޓެލައިޓެއް ޖައްވަށް

ޗައިނާއިން ކެމެރާ ސެޓެލައިޓެއް ޖައްވަށް ފޮނުވަނީ ލޯންް މާޗް ރޮކެޓެއްގައި
66.7%
0%
33.3%

ޗައިނާއިން ކެމެރާ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފި އެވެ. ޗައިނާ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (ސީއެންއެސްއޭ) އިން ބުނި ގޮތުން ލޯންގް މާޗް 4ސީ ރޮކެޓެއްގައި ފޮނުވާލި ސެޓެލައިޓްގެ ދަތުރު ވަރަށް ކާމިޔާބެވެ.

ސެޓެލައިޓް ޚާއްސަކޮށްފައި ވަނީ ދުނިޔޭގެ މަންޒަރުތައް ވަރަށް ސާފުކޮށް ނެގޭ ގޮތަށެވެ. މަންޒަރުތައް ވަރަށް ސާފުކޮށް އަތުލައިގަތުމަށް އިންފްރާރެޑް ކެމެރާތައް ޑިޒައިންކޮށްފައިވަނީ ހިޔަނީގައި ހުންނަ ތަފާތު ވެސް ދަމައިގަނެވޭ ގޮތަށެވެ.

ޗައިނާއިން ޖައްވަށް ސެޓެލައިޓެއް ފޮނުވާފައި މިވަނީ އެމެރިކާގެ ނާސާއިން ވެސް ބާރުގަދަ ސްޕޭސް ޓެލެސްކޯޕެއް މިދާކަށް ދުވަހު ޖައްވަށް ފޮނުވާފައި ވަނިކޮށެވެ.

ނާސާ ބުނާ ގޮތުން ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕަކީ ޖައްވުގެ ހޯދުންތަކާ މެދު ދުނިޔެ މިހާރު ދެކޭ ގޮތް ބަދަލުކޮށްލާނެ އީޖާދެކެވެ. އަދި އެއީ ހަބްލް ސްޕޭސް ޓެލެސްކޯޕަށް ނުކުރެވިފައި ހުރި މަސައްކަތް ފުރިަހަމަކުރާނެ އުފެއްދުމެކެވެ.

ޖައްވަށް ކެމެރާ ސެޓެލައިޓެއް ޗައިނާއިން ފޮނުވި ވަކި ބޭނުމެއް ނުބުނެ އެވެ. އެހެން ނަމަވެސް ބެލެވެނީ އެއީ ޗައިނާ ސަރަހައްދަށް ފާރަވެރިވުމަށް ފޮނުވި ސެޓެލައިޓެއް ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕުން ޓައިވާން ކަނޑުއޮޅިއަށް ވަދެގެންފާނެ ކަމަށް ބެލެވިފައި އޮތްއިރު އަދި އިންޑިއާއިން ޗައިނާ ސަރަހައްދަށް ފޯރާވަރުގެ ހަތިޔާރު ގެންގުޅޭތޯ ބެލުމަކީ ވެސް އޮތް އެދުމެއް ކަމަށް ބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910