ބޭންކް އޮފް މޯލްޑިވްސް

އޮޑިޓަށް ބީއެމްއެލްގެ ގޮފިތައް ބަންދުކުރަނީ

ބީއެމްއެލް ބޭންކް އޮފް މޯލްޑިވްސް: ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ތިން ދުވަހަށް ބަންދުކުރަނީ --- ފޮޓޯ: އަވަސް
0%
0%
0%

ބޭންކް އޮޕް މޯލްޑިވްސްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ތިން ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.

ބީއެމްއެލްގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

ބޭންކުން ބުނީ އެ ތަންތަން ބަންދުކުރަނީ އައު އަހަރާއި ދިމާކޮށް ޗުއްޓީއަށް ކަމަށެވެ. އަދި އަހަރީ ހިސާބުތައް ނިންމުމަށް ކަމަށެވެ.

އެ މުއްދަތުގައި މޯބައިލް އަދި އިންޓަނެޓް ބޭންކިން އާއި ސެލްފް ސާވިސް އޭޓީއެމް މެދުވެރިކޮށް ހިދުމަތްތައް ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910