ޓޫރިޒަމް

އަސް ދުއްވުމުގެ ފުރުސަތު ސިޔާމް ވޯލްޑުން ދެނީ

ރާއްޖޭގެ ރިސޯޓެއްގައި އަސް ދުއްވުމުގެ ފުރުސަތު ދޭން ނިންމައިފި އެވެ.

އަސް ދުއްވާލުމުގެ ފުރުސަތު ދޭން ނިންމާފައި ވަނީ ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ނ. އަތޮޅު ދިގުރަށުގައި ހިންގާ ސިޔާމް ވޯލްޑް ރިސޯޓުންނެވެ.

އެ ރިސޯޓުން ބުނީ އަސް ދުއްވާލުމުގެ ފުރުސަތު އެ ރިސޯޓުން ވަަރަށް އަވަހަށް ދޭނެ ކަމަށެވެ. ނަމަވެސް އެކަން ފަށާ ދުވަހެއް ނުބުނެ އެވެ. އަދި އެ ރިސޯޓަށް ގެންނަނީ ކިތައް އަސްކަމެއް ވެސް ނުބުނެ އެވެ.

"އަތިރިިމަތީގައި އަސް ދުއްވުމަކީ ރާއްޖެއިން ކުރިން ފެނިފައިވާ ކަމެއް ނޫން. ނަމަވެސް މިކަން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ" ސިޔާމް ވޯލްޑުން ބުނެފައި ވެއެވެ.