ބޭރު ކުޅިވަރު

ޗެލްސީ ބަލިކުުރުން ނޫން ގޮތެއް ނެތް: ޕެެލެގްރިނީ

އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ އުންމީދު ދަަމަހައްޓަން ބޭނުން ނަމަ، މި މަހު ޗެލްސީއާ ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓާ ސިޓީ ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް ސިޓީއަކަށް ނެތް ކަމަށް ސިޓީގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުނެފި އެވެ.

އިނގިރޭސި ލީގުގައި ރޭ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 2-0 އިން ބަލިވެ، ލީގު ޗެމްޕިއަންކަން ދިފާއުކުރުމަށް ސިޓީން ކުރަމުންދާ އުންމީދުތަކަށް ވަނީ ހުރަސްއެޅިފަ އެވެ. މި މެޗުން ސިޓީ ބަލިވުމުން ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީ އަށް ވަނީ އެ ޓީމުގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ލިބިފަ އެވެ.

މި މަހުގެ 31 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ސިޓީ ނުކުންނައިރު، ސިޓީ އަށް ލީގު ޗެމްޕިއަންކަން ދިފާޢުކުރުމުގެ އުންމީދު ދެމެހެއްޓޭނީ އެ މެޗުން މޮޅުވެގެން ކަމަށް ޕެލެގްރިނީ ބުންޏެވެ.

"އެ މެޗުގެ މުހިންމުކަން ބޮޑު. އަހަރެެން އެބަޖެހޭ މެޗުން މޮޅުވެ، ތަފާތު ކުޑަކުރަން. އެ މެޗުން ތިން ޕޮއިންްޓް ވަރަށް މުހިންމު. އަހަރެން އުންމީދުކުރަނީ މި މެޗު (އާސެަނަލް އަތުން ބަލިވި މެޗު)ގެ މަތިން ހަނދާން ނައްތާލައި، އަހަރެމެން އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާނެކަމަށް،" ޕެލެގްރިނީ ބުންޏެވެ.

އާސެަނަލް އަތުން ސިޓީ ރޭ ބަލިވިއިރު، މުހިންމު މިޑްފީލްޑަރު ޔާޔާ ޓޫރޭ ނެތްތަންް ސިޓީގެ ޓީމުން ވަރަށް ބޮޑަށް ދެއްކި އެވެ. މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ އައިވަރީ ކޯސްޓްގެ ޓީމަށް ކުޅުމަށް ސިޓީން ވަނީ ޓޫރޭ ދޫކޮށްފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ޓޫރޭ ނުލައި ލީގުގައި ސިޓީ ކުލުނު މެޗަކުން ސިޓީ މޮޅުވެފައެއް ނުވެ އެވެ.

"ޓޫރޭ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އެކަމަކު އަހަރެން ދުވަހަކު ވެސް ބަހަނާއެއް ނުދައްކަން މެޗަކުން ބަލިވިޔަސް،" ޕެލެގްރިނީ ބުންޏެވެ. "ޓޫރޭ ނުލައި މީގެ ކުރިން މެޗުތަކުން މޮޅުވި." -- ބީބީސީ